•  
  •  
  •  
  •  
  •  
  •  

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ޝިފާޒުގެ ކެމްޕެއިން ޖަގަހަ ހުޅުވައިފިއެވެ.

ޝިފާޒުގެ ކެމްޕެއިން ޖަގަހަ ހުޅުވީ ނަސަންދުރާ ފުރަގަހުގައި ހުންނަ ރިލެކްސް އިން ގައެވެ. މި ހަފްލާގައި ޝިފާޒު އަށް ތާޢީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ލެއްވިއެވެ. އެގޮތުން ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނސްޓަރ އަދި މިސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް (ކެރަފާ ނަސީމް) ބައިވެރިވެ ލެއްވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ނައިބްރައީސް ގެ ޒިންމާއަކީ އަސާސީ ގަވާއިދުގައިވާ ރައީސް ވިދާޅުވާ ކަންތައްތައް ކުރުން ކަމަށާއި ރައީސް ނަޝީދު ވިދާޅުވި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށެވެ.

ރައީސް ނަޝީދު އާއި ބައްދަލުވާ ފަހަރަކުން ތިޔަބޭފުޅުން ހިތުގައި ސައްކެއް ހިތުގަ އޮތިއްޔާ އައްސަވާލައްޗޭ ރައީސް ނަޝީދު ވިދާޅުވި އެއްވެސް ކަމެއް މި ސިއްޕެ ނުކޮށް ހުރިތޯ؟ އިރާދަކުރެއްވިއްޔާ ޕާޓީގެ ރައީސް ވިދާޅުވިގޮތަށް މިޕާޓީގެ ހުރިހާ ކަމެއް ދިޔައީ ކުރަމުން : އެމްޑީޕީގެ ނައިބްރައީސް މުޙައްމަދު ޝިފާޒު

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކެރަފާ ނަސީމް ވިދާޅުވީ ޝިފާޒުއަށް ދެވަނަ ދައުރެއް ދިނުން ލާޒިމް ކަމަށާއި އެމްޑީޕީން ޝިފާޒުއަށް އެފުރުޞަތު ދޭންޖެހޭނެ ކަމަށެވެ. އެއީ އެމްޑީޕީ އަށް އައި އެންމެ ދަތި އުނދަގޫ ދުވަސްވަރު ޕާޓީ ނަގަހައްޓަވާ އެތައް ކާމިޔާބީ ތަކެއް ހޯދާފައިވާތީ ކަމަށެވެ. ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން ހުރިހާ މަސައްކަތެއް ކުރެއްވީ ޝިފާޒު ކަމަށާއި އެ އިރުޝާދުގެ ދަށުން މަސައްކަތް ކުރެވޭނީ ވަރަށް މަދު ބަޔަކަށް ކަމަށްވެސް ނަސީމު ވިދާޅުވިއެވެ.

މިހަފްލާގައި ވާހަކަފުޅު ދައްލަވަމުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ ޕާޓީގެ ލީޑަރޝިޕަށް މީހަކު ނަގާއިރު ނަގަންވާނީ އެކަން ކުރެވޭ ވަރުގެ ބޭފުޅެއް ކަމަށާއި ޝިއްޕެ އަށް ތާއީދު ކުރަނީ އެހެންވެ ކަމަށެވެ. އެމްޑީޕީ މީހެއް ވިއްޔާ މި އިންތިހާބުގައި ވޯޓު ލާންވީގޮތް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ ލީޑަރޝިޕަށް ވާދަކުރައްވާ ފަރާތެއްގެ ސްކޫލެއްގެ ޕްރިންސިޕަލެއްގެ ޝަރުތު ހުންނަން ނުޖެހޭނެ ކަމަށްވެސް ފިއްޓޭ ވިދާޅުވިއެވެ. އެމްޑީޕީއަކީ އެތެރޭގެ އިންތިޚާބު ތަކަށް ވަރަށް ފަރިތަ ބައެއް ކަމަށްވެސް ފިއްޓޭ ވިދާޅުވިއެވެ.

ނޮވެމްބަރ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބު ގައި ޕާޓީގެ ނައިބް ރައީސް ކަމަށް ޝީފާޒު އާއި ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ