ޗެއާޕާސަންކަމަށް ވަކި ކެންޑިޑޭޓަކަށް ތާއީދެއްނުކުރަން: އާތިފް
އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް އޭނާ ތާއީދު ނުކުރަށްވާކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މޭޔަރު އާތިފާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި ޗެއާޕާސަން ކަމަށް ކުރިމަތިލައްވާ އެއް ކެންޑިޑޭޓު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ފެންނަ ފޮޓޯއެއް ހިމަނައި ”މާލެ ޓައިމްސް” ކިޔާ އޮންލައިން ނޫހަކުން ވަނީ މޭޔަރު އާތިފް މީކާއީލަށް ތާއީދުކުރަށްވާފައިވާކަމަށް ބުނެ ޚަބަރެއް ގެނެސްދީފައެވެ. ”ކުޅުދުއްފުށިން “އިތުބާރު”...