ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު މިހާރު މިވަނީ ތޫފާނަކަށް ބަދަލުވެފައިވާކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ

Ad
rt

"ބުލްބުލް" ގެ ނަން ދީފައިވާ މި ތޫފާން ކުރިޔަށް އޮތް 6 ގަޑިއިރު ތެރޭގައި އިތުރަށް ބާރުގަދަވެ، އުތުރު ހުޅަނގު އުތުރަށް، ރާއްޖެއާއި ދުރަށް ބަނގްލަދޭޝްއާއި އިންޑިޔާގެ ވެސްޓް ބެންގާލްގެ އައްސޭރިފަށާއި ދިމާލަށް ދަތުރުކުރަމުންދާނެ. މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް ލަފައެއް ނުކުރެވޭ.

ތޫފާން ބުލްބުލްގައި ގަޑިޔަކު 70 މޭލާއި 80 މޭލާ ދެމެދުގެ މިންވަރަކަށް ވައިބާރު ވާނެ ކަމަށާއި އަދި ކޮޅިގަނޑުގައި 140 މޭލަށް ވައިގަދަވެދާނެ ކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކުރެއެވެ.