ފުރާސްލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ.
ޕީއެސްޖީ ދަަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ ކާމިޔާބު ކުރީ އެސްޓޮނިކް ޓޮރޮއީސް އާއި ބައްދަލުކޮށް 4-3 ގެ ނަތީޖާއިންނެވެ.
މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ އެސްޓޮނިކް އިންނެވެ. މެޗުގެ 3 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ މަމާ ބަލްޑް އެވެ.
ޕީއެސްޖީއިން ނަތީޖާ ހަމަހަމަ ކުރީ ނޭމާގެ އެހީތެރިކަމާއެކު މެޗުގެ 24 ވަނަ މިނެޓުގައި ކާލޮސް ސޮލާ އެވެ.
މެޗުގެ 52 ވަނަ މިނެޓުގައި އެސްޓޮނިކް އިން ގޯލެއް ޖަހައި މެޗުގެ 2 ވަނަ ފަހަރަށް ލީޑު ނެގިއެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބު ކޮށްދިން މާމަ ބަލްޑް އެވެ.
މެޗުގެ 55 ވަނަ މިނެޓުގައި މެސީގެ ހިތްގައިމު ގޯލުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ޕީއެސްޖީއިން ހަމަހަމަ ކުރިއެވެ. މެޗުގެ ފުރަތަމަ ފަހަރަ ޕީއެސްޖީއިން ލީޑް ނެގީ މެސީގެ އެހީތެރިކަމާއެކު 62 ވަނަ މިނެޓުގައި ނޭމާ ކާމިޔާބު ކޮށްދިން ގޯލުންނެވެ. ޕީއެސްޖީގެ 4 ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ.
އަންޓޭ ގެ ގޯލުން އެސްޓޮނިކުން ފަރަގު ކުޑަކުރީ 88 ވަނަ މިނެޓުގައެވެ.
މެޗުގައި ޕީއެސްޖީއިން ވަނީ 18 ހަމަލާއެއް ފޮނުވައިލާފައެވެ. އޭގެ ތެރެއިން 13 ހަމަލާއެއްވަނީ ގޯލާއި އަމާޒު ވެފައެވެ. އެސްޓޮނިކުން ފޮނުވާލި 11 ހަމަލާއިން 6 ހަމަލާއެއްވަނީ ގޯލާއި އަމާޒުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!