ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރުންނާއި ހަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

މި މަސައްކަތަށް 13,948,530.61 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މައްސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން ލ. ކުނަހަންދޫ ސްކޫލުގެ 4 ކުލާސްރޫމް، ލައިބްރަރީ އަދި ލެބޯޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ވެސް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.

މި މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަސްތެރޭގައި ނިންމާގޮތަށް، 10,591,730.96ރ އަށް، ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި ދެރަށުގެ ސްކޫލްތަކުގެ ތަރައްގީއަށް އިމާރާތްތަކެއް ކުރަން އެޑިޔުކޭޝަނުން މިއަދު ހަވާލުކުރިއިރު، އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ތައުލީމީ ދާއިރާގެ ތަރައްގީއަށް ގިނަ މަޝްރޫޢޫތަކެއް ހިންގަވަމުންނެވެ.