ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި ކުރިޔަށްގެންދިޔަ ފިރިހެން ޑިވެޜަންގެ ވޮލީ މުބާރާތުގެ ޗެމްޕިންކަން ނޮޅިވަރަމް ސީއާރުސީ ހޯދައިފިއެވެ.
ނޮޅިވަރަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނޮޅިވަންފަރު ސްޕޯރޓްސް ކުލަބާއި ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެ މެޗު ކާމިޔާބު ކޮށްގެންނެވެ.
ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓް ނޮޅިވަރަމުން ގެންދިޔައީ 27-25 ން ނެވެ. ދެވަނަ ސެޓު 25-22 ން ދިޔައިރު ތިންވަނަ ސެޓު ގެންދިޔައީ 25-18 ން ނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާ އަށް ހޮވިފައިވަނީ ނޮޅިވަރަމް ސީއާރުސީ ގެ ޖާރޒީ ނަމްބަރ 5 ހުސައިން ހިލްމީ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ނޮޅިވަރަމް ސީއާރުސިގެ ކޯޗް އަލީ ރަޝީދު އެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުން ތެރިންނަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯރޓްސްކުލަބު ޖާޒީ ނަމްބަރ 6 އަލީ އާމިރު ، ނޮޅިވަރަންފަރު ސްޕޯރޓްސް ކުލަބުގެ ޖާޒީ ނަމްބަރ 12 އަލީ ހުޒާމް ، ނޮޅިވަރަމް ސީއާރުސީގެ ޖާޒީ ނަމްބަރ 11 އަޝްފާގް އާދަމް ، ނޮޅިވަރަން ސީއާރސީ ގެ ޖާޒީ ނަމްބަރ 9 އަމްދާން އަލީ ، ނޮޅިވަރަންފަރު ސްޕޯރޓްސް ކުލްބުގެ ޖާޒީ ނަމްބަރ 1 އަހުމަދު ސައިފުﷲ، ޓިމް ހަނިމާދޫ ޖާޒީ ނަމްބަރ 16 ޞާދިގް މޫސާ އެވެ.
މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ހިރިމަރަދޫ އެވެ.
މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!