ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި ކުރިޔަށްގެންދިޔަ އަންހެން ޑިވެޜަންގެ ވޮލީ މުބާރާތުގެ ޗެމްޕިންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ.
ނޮޅިވަރަންފަރު ވޮލީ ކޯޓުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި މުބާރާތުގެ ޗެންޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދާފައިވަނީ ސީދާ ތިންސެޓުން ހަނިމާދޫ ބަލިކޮށްގެންނެވެ.
ލައިކަން މެޗުގެ ސެޓުތަށް ގެންދިޔައީ ފުރަތަމަ ސެޓު 25-20 ދެވަނަ ސެޓު 25-9 އަދި ތިންވަނަ ސެޓު 25-4 ން ނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަަށް ހޮވިފައިވަނީ ލައިކަންގެ ޖާޒީ ނަމްބަރ 2 މަރްޔަމް އަޒީފާ އެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅިންތެރިންނަށް ހޮވިފައިވަނީ ލައިންގެ ޖާޒީ ނަމްބަރ 2 މަރްޔަމް އަޒީފާ، ލައިކަންގެ ޖާޒީ ނަމްބަރ 12 ޝަހުމީލާ އަބްދުލް ހަފީޒް، ލައިކަންގެ ޖާޒީ ނަމްބަރ 13 ފާތިމަތު ޝިޔާނާ، ޓީމް ހަނިމާދޫގެ ޖާޒީ ނަމްބަރ 14 އައިޝަތު ރީޝާ، ޓީމް ހަނިމާދޫ ޖާޒީ ނަމްބަރ 12 އާމިނަތު ވިރާޝާ އަދި ޓީމް ފިނޭ ޖާޒީ ނަމްބަރ 16 އައިޝަތު ސަބާނާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަންފަރު ލައިކަންގެ ކޯޗު އަބުދުލްﷲ ރަޝީދުއެވެ.
މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!