ލަލީގާގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރަށުން ބޭރުގައި ރެއާލް މެޑްރިޑް މޮޅުވިއިރު އަމިއްލަ ދަނޑުގައި ކުޅުނުޗުން އެތުލެޓިކޯ މެޑްރިޑް އެއްވަރު ވެއްޖެއެވެ.

އެލްޗޭ އާއި ވާދަކޮށް ރެއާލް މެޗު ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ފުރަތަމަގޯލު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވަލްވަޑޭ އެވެ. މި ހަފްތާގައި ބޮލެންޑިއޯ އެވޯރޑް ހޯދި ކަރިމްބެންޒެމާގެ ގޯލުން ރެއާލްއިން ލީޑު ފުޅާކުރިީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ބެންޒެމާ މި ގޯލުޖެހީ ރޮޑްރިގޯގެ އެހީތެރިކަމާއެކުގައެވެ.

މެޗުގެ ފަހު މެނެޓުގައި ރެއާލްގެ 3 ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ރޮޑްރިގޯގެ އެހީތެރިކަމާއެކު އެސެންސިއޯ އެވެ. 3-0 ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗުގައި ރެއާލްއިން ޖެހި އިތުރު 3 ގޯލެއް ވަނީ ވީއޭއާރު ބެލުމަށްފަހު ކެންސަލް ކޮށްފައެވެ.

މި ނަތީޖާއާއިއެކު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ 10 މެޗުން ހޯދި 28 ޕޮއިންޓާއި އެކުގައެވެ. އެލްޗޭ އޮތީ 10 މެޗުން ލިބުނު 3 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައި 20 ވަނައިގައެވެ.

ރޭގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ ކުޅުނުމެޗު ވަނީ އެއްވަރުވެފައެވެ. ރަޔޯވަލެކާނޯ އާއި ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑް ނެގީ އެތުލެޓިކޯ މެޑްރިޑް އިންނެވެ. މެޗުގެ 20 ވަނަ މިނެޓުަގައި މި ގޯލު ކާމިޔާބު ކޮށްދިނީ މޮރާޓާއެވެ. މެޗުގެ ނަތީޖާ ވަލަކާނޯއިން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ފަލްކާއޯ އެވެ.
ދެޓީމުންވެސް މެޗުގައިވަނީ ގޯލާއި އަމާޒުކޮށް 4 ހަމަލާއެއް ފޮނުވައިލާފައެވެ.

މި ނަތީޖާއާއި އެކު އެތުލެޓިކޯ ވަނީ ތާވަލުގެ 4 ވަނައަށް ވެއްޓިފައެވެ. ވަލަކާނޯ އޮތީ 10 ވަނައިގައެވެ.