މިއަހަރުގެ ފުރަތަމަަ ތިން ކުއާޓަރުގައި ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްގެ އަދަދު އިތުރުވެއްޖެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި މާފަރު އެއާޕޯޓަށް 298 ޕްރައިވެޓް ޖެޓު ޖެއްސިއެވެ. އެއީ 596 ފްލައިޓް މޫވްމަންޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑް ކޮށްފައިވަނީ 595 މޫވްމަންޓެވެ.
މާފަރަށް އެންމެ ގިނައިން ދަތުރު ކޮށްފައިވަނީ ރަޝިއާގެ ފަތުރުވެެރިންނެވެ. އެގޮތުން އެ ގައުމުން މިއަހަރުގެ މިހާތަނަށް 410 ފަތުރުވެެރިން ވަނީ މާފަރަށް ދަތުރުކޮށްފައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ދިޔައީ އިންޑިއާއިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ދިޔައީ ޔޫއޭއީންނެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރިއަށް ހުރި ބުކިންތައް ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީއަށް އެ އެއާޕޯޓަށް 70 ޕްރައިވެޓް ޖެޓް ޖައްސާނެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތަކަކީ އެ އަތޮޅުގެ ރިސޯޓުތަކަށް ދާ ފަތުރުވެެރިންގެ ޖެޓުތަކެވެ. އެ އަތޮޅުގެ ރިސޯޓުތަކަކީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!