ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟

2EED7ABE-F9DD-4E4E-8184-18D5D98D39B6

ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟

އެހުވަފެން ވުޖޫދުވީ ކޮންކަމަކާ ގުޅިގެން ކަން ހިތަށް ގެންނާށެވެ. ބައެއްފަހަރު އެއީ ތިމާގެ ހިތުގައި އުފެދުނު ލޯބީގެ ޝުއޫރެއްގެ ސަބަބުން ހަތަށްވެރިވި އިހްސާސަކަށް ވެދާނެއެވެ. ނޫނީ ކުރިމަތިވި ހިތްދަތި ތަޖުރިބާއަކުން އަރައިގަތުމަށް ކަނޑައެޅި އަޒުމަކަށް ވެދާނެއެވެ. ނޫނީ އަނެކާއަށްވުރެ ކުރިއަރާ ދިޔުމަށް އޮތް ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

މިއިން ކޮންމެ ސަބަބަކާހެދި ކަމުގައި ވިޔަސް، ތިމާދެކޭ ހުވަފެނެއް ހަގީގަތަކަށް ހެދޭނީ އެކަމާ އުޅެގެންނެވެ. ހިންމަތާ މިންނަތާއި މުރާލިކަމާއެކު މަސައްކަތް ކޮށްގެންނެވެ. ސަބަބުގައި ހިފާ ހުރަސްތައް ގިރާކޮށްގެންނެވެ. ތިމާ ހޭލާ ހުންނަ ކޮންމެ ވަގުތެއްގައި ތިމާގެ ސިކުނޑިއާ ކެނޑިނޭޅި ކުރާ ސުވާލަކީ، އަހަރެންގެ އުންމީދު ހާސިލުކުރާނީ ކިހިނެތް؟

ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ސިކުނޑި ފަރުމާ ކުރެވިފައިވަނީ އެއާ ކުރާ ސުވާލަށް ޖަވާބު ދިނުމަށެވެ. ތަކުރާރުކޮށް ސުވާލު އުފައްދާ ސުވާލު ކުރާނަމަ ރަގަޅު ޖަވާބު ލިބޭނެއެވެ.

ކަންކުރަންވީގޮތް އެނގުމަކީ ކާމިޔާބުގެ ތަޅުދަނޑިއެއް ނޫނެވެ. ނަމާދު ކުރާނެގޮތް އެނގޭ އަދި ނަމާދު އަޅައިފުމުގެ ނަތީޖާ އެނގޭ އެތައް ބަޔަކު ނަމާދު ގާއިމުނުކޮށް އުޅެތެވެ. ކާމިޔާބު ލިބޭނެގޮތް ކަމަށް އަޅުގަޑު ގަބޫލު ކުރަނީ، އެނގުމާއެކުއެކީގައި، އެކަމާ މުނާސަބު އަޚުލާގު ހުރެގެންނެވެ. އެކަމެއް ކުރަން ތިމާ ބޭނުންވާ ސަބަބު ވަރަށް ސާފުކޮށް އެނގިގެންނެވެ. އަދި އެއީ ތިމާ ބޭނުންވާ ކަމަކަށް ވެގެންނެވެ. އެހެން މީހަކަށް ކޮށްދޭކަމެއްނަމަ، އެވާނީ ބުރައަކަށެވެ.

އަދި އޭގެ ސަބަބުން ލިބޭނީ މާޔޫސްކަމާ ހިތްދަތިކަމެވެ. ކާމިޔާބަށް ވާސިލުވުން އޮންނާނީ ދުރުގައެވެ. ތިމާގެ ހުވަފެން ކާމިޔާބުވާނީ އެއީ ތިމާގެ އުފަލާހިތްހަމަޖެހުން އޭގައި އެކުލެވިގެންވާ ހުވަފެނަކަށް ވެގެންނެވެ. ތިމާ ދެކޭހުވަފެން ގަގީގަތަކަށް ހެދުމަށްޓަކާ މިހާތަނަށް ކުރި ކަންތައްތަކާ ދޭތެރޭ ވިސްނާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *