ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ސްޕޯރޓްސް ކުލަބުން ކަށަވަރު ކޮށްފިއެވެ.
ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ފަރުން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ.
ބުދަ ދުވަހުގެރޭ ކުޅުނު ފޯރިގަދަ ސެމީގެ ސެޓުތަށް ފަރުން ގެންދިޔައީ ފުރަތަމަ ސެޓު 25-21 ދެވަނަ ސެޓު 25-20 އަދި ތިންވަނަ ސެޓު 25-21 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯރޓްސްގެ ޖާޒީ ނަމްބަރ 6 އަލީ އާމިރު އެވެ.
ނޮޅިވަރަންފަރު މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގެ ފިރެހެން ޑިވިޜަންގެ ދެވަނަ ސެމީ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ހަނިމާދޫ އަދި ނޮޅިވަރަމެވެ.
މި މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލު ކޮށްފައިވަނީ މިމަހު 22 ގައެވެ.
މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!