ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ހެލްތު ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 1,988,107.06 ރުފިޔާ (އެއް މިލިއަން ނުވަ ލައްކަ އަށްޑިހަ އަށްހާސް އެއްސަތޭކަ ހަތްރުފިޔާ ހަ ލާރި) އަށް 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ފ. އަތޮޅު ހޮސްޕިޓަލުގައި ސެންޓްރަލް އޮކްސިޖަން، މެޑިކަލް އެއަރ އަދި ވެކިއުމް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ވެސް ބަޔަކާ ހަވާލުކޮށްފަ އެވެ.
ހއ.ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރުން pic.twitter.com/20YRHXx3YI
— Ministry of Health (@MoHmv) October 11, 2022
މި މަސައްކަތް މެޑްލޭންޑް ޕްރައިވެޓް ލިމިޓެޑު ކުންފުންޏާ ހަވާލުކުރީ 2,261,953.47 ރުފިޔާ (ދެ މިލިޔަން ދެ ލައްކަ ފަސްދޮޅަސް އެއްހާސް ނުވަ ސަތޭކަ ފަންސާސް ތިން ރުފިޔާ ސާޅީސް ހަތް ލާރި) އަށެވެ.
މި މަސައްކަތް ވެސް ނިންމަންޖެހޭ މުއްދަތީ 150 ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!