ހަނިމާދޫ ފުޓްބޯޅަ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

photo_2022-10-01_22-43-07

ހދ.ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން ހަނިމާދޫ ލީގް 2022/2023 ގެ ނަމުގައި ފުޓްބޯޅަ ލީގެއް އެ ރަށުގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު ފުރަތަމަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އޮކްޓޯބަރ އަދި ނޮވެމްބަރ ގައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ ގައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް ފުރިހަމަ ކުރަން ޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 7 ވަނަ ދުވަހުގެ ރޭ 23:00 ގެ ކުރިން ހަނިމާދޫ ސްޓާޓިން ޕޮއިންޓް ފިހާރައަށް ހުށަހެޅުމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފޯމާއި ގަވާއިދު ހަނިމާދޫ ލީގް ފޭސްބުކް ޕޭޖްގެ އިތުރުން ސްޓާޓިން ޕޮއިންޓުން ލިބެން ހުންނާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ޓީމް ލިސްޓްގައި 30 އަހަރުން މަތީގެ 8 ކުޅުންތެރިން ހިމެނުމަށް ފުރުޞަތު ދީފައިވާއިރު، މެޗެއްގައި އެއްފަހަރާ ކުޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ 30 އަހަރުން މަތީގެ ފަސް ކުޅުންތެރިންނަށެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން، މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމާއިއެކު ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހެއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދީ، އެ ކުޅުންތެރިންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމެވެ. މީގެ އިތުރުން ހަނިމާދޫގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފައްދައި އެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނުމެވެ.

މިއީ ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި