ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ހަނިމާދޫގައި ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހަނިމާދޫގައި ހައްދާފައިވާ ދޮނަޅަ ދަނޑެއް،
ހަނިމާދޫގައި ހައްދާފައިވާ ދޮނަޅަ ދަނޑެއް،

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުރަޒާއި ގުޅޭގޮތުން ތިލަދުންއަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލް މެންބަރު ހާރިޘާ މުޙައްމަދު ވިދާޅުވެފައި ވަނީ މި މައުރަޒުގައި ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެ ކެމަށެވެ. މީގެ އިތުރުން ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ކޮންމެ ބާވަތެއްގެ ކާނާއެއް ވެސް މި މައުރަޒުގައި ވިއްކުމުގެ ފުރުޞަތު އޮންނާނެ ކެމެށެވެ.

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ 15 އޮކްޓޯބަރ 2022 ވާ ހޮނިހިރު ދުވަހުއެވެ.

މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، މަޢުރަޒުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ދުވަސްތަކުގައި ކައުންސިލަށް ވަޑައިގެން ނަން ނޯޓް ކުރައްވުމަށް ނުވަތަ ހަނިމާދޫ ކައުންސިލް މެމްބަރ ހާރިޘާ މުޙައްމަދު (ފޯން: 7676480) އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި