ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
ށ.ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންތައްޔާރު ވެއްޖެއެވެ. ޖުމްލަ 56.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު 07 ޑިސެމްބަރ 2020 ވީ ހޯމަދުވަހު އެމްޓީސީސީއިން އެ ރަށަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ކޮށްނިންމުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދ...