މިލަދުންމަޑުލު އުތުރު ބުރީ ޅައިމަގުގެ ރައްޔިތުންގެ ރުއްގަސްތައް އެއްއަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.
މިކަމާއި ގުޅިގެން ޅައިމަގު ކައުންސިލުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޅައިމަގު ރައްޔިތުންގެ ރުއްގަސް 18 ސެޕްޓެމްބަރ 2020 އިން ފެށިގެން މީލާދީ ގޮތުން އެއްއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ.
މި ރުއްގަސްތައް ކުއްޔަށް ހިފުމަށް ހުށައެޅޭނެ އެންމެ ކުޑަ އަގަކީ އަހަރަކު 2500.00 (ދެހާސް ފައްސަތޭކަ ރުފިޔާ ) ކަމަށް އެ ކައުންސިލުން ކަނޑައަޅާފައިވާއިރު، ރައްޔިތުންގެ ރުއްގަސް ކުއްޔަށްދެވޭނީ " ގޮއިފާލައްބަ ހިންނަފަދަ ތަންތަން ކުއްޔަށްދިނުމާބެހޭ ޤަވާޢިދު " ގައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށް ކަމުގައި އެ އިޢުލާނުގައިވެއެވެ.
މި ރުއްގަސްތައް ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 13.00 އަށް އެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 1 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13.30 އަށް ކުލި ހުށަހަޅުއްވާ ސިޓީ ހިއްޕަވައިގެން އެ އިދާރާއަށް ވަޑައިގެން ދެއްވުން އެދޭ ކަމަށެވެ.
އިތުރަށް އެ އިޢުލާނުގައި ބުނެފައިވަނީ ރައްޔިތުންގެ ރުއްގަހާބެހޭ ޤަވާޢިދާއި، އެ ރަށު ރައްޔިތުންގެ ރުއްގަހާބެހޭ މަޢުލޫމާތު ރަސްމީ ދުވަސްދުވަހު އެ އިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!