ށ.ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންތައްޔާރު ވެއްޖެއެވެ.

ޖުމްލަ 56.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު 07 ޑިސެމްބަރ 2020 ވީ ހޯމަދުވަހު އެމްޓީސީސީއިން އެ ރަށަށް ވަނީ ގެންގޮސްފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ކޮށްނިންމުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމެވެ.

މީގެއިތުރުންބަނދަރު ސަރަހައްދުގައި މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.