ފުނަދޫ ކައުންސިލުން އެރަށު ޒުވާނުންގެ ކަންބޮޑުތައް އަޑުއަހަން ބައްދަލުކޮށްފި
ށ. ފުނަދޫގެ ޒުވާނުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމުގެ ގޮތުން ށ. ފުނަދޫ ކައުންސިލުން އެރަށުގެ ޒުވާނުންނާއި ބައްދަލު ކޮށްފިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު، ” ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށު ކައުންސިލާއި ރައްޔިތުންނާއި ދެމެދު ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތުން ބައެއް ފަރާތްތަކުން މީސްމީޑިއާގައި ފަތުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތައް އޮޅުންފިލުވައިދިނުމެވެ. އެގޮތުން ކޮންމެ ބަޔަކު މިކަން ކު...