ށ. ފުނަދޫ ސްކޫލްގައި 15 ކްލާސް ރޫމް އިމާރަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މި މަސައްކަތު އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި، ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ.
މި މަސައްކަތާއި އެކުންފުނިން ހަވާލުވެފައި މިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 15,316,272.89 ރުފިޔާގެ ގެ މަޝްރޫޢުއެކެވެ.
ފުނަދޫ ސްކޫލްއަކީ 1996 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު ކިޔަވާދޭން ފަށާފައިވާ ސްކޫލެކެވެ.
ފުނަދޫ ސްކޫލްގައި 15 ކްލާސް ރޫމް އިމާރަތް ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު، ހދ. ހދ. ކުމުންދޫ ސްކޫލުގެ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ވެސް އިއްޔެ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!