ށ. ފުނަދޫގައި 20 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަށް އެގްރީމެންޓްގައި ސޮއި ކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެރަށުގެ ކުންފުންޏެއް ކަމަށްވާ އީ.އޭ.ފައިވް އިންވެސްޓްމެންޓާއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާޅުވީ މި ކަމަށް ބިން ހަވާލުކުރީ 25 އަހަރު ދުވަހަށް ކަމަށެވެ. އަދި
މި އެއްބަސްވުމުގައި އީ.އޭ.ފައިވް ގެ ފަރާތުން ސޮއިކޮށްފައިވަނީ އީސާ އިސްމާއިލް އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅެވެ. މިމަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އެކައުންސިލުން ފާހަގަ ކޮށްފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ މި މަސައްކަތް ކުރުމަށް އާއްމުނަށް ހުޅުވާލި ފުރުސަތުގައި މި މަސައްކަތް އެންމެ އަގު ހެޔޮކޮށް ކުރުމަށް އެދުނު ފަރާތާއެވެ. އެގޮތުން އީ.އެފް.ފައިވް އިންވެސްޓްމެންޓަކީ ރަށުގައި އެފަދަ މަސައްކަތްތައް ކުރަމުން އަންނަ ތަޖުރިބާކާރު ފަރާތެއް ކަމަށް އެކައުންސިލުން ވިދާޅުވެފައި ވެއެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން ސީ.އެސް.އާރު ގެ ފަރާތުން ރަށުގެ ސްކޫލް ކުދިންނަށް ޓްރެއިނިންގ ޕްރޮގްރާމް ތަކާއި ރަށުގައި ހިންގޭ އިޖްތިމާޢީ ހަރަކާތްތަކަށް އެހީވުމަށް ވަނީ ނިންމާފައެވެ.
ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި އައިސް ޕްލާންޓެއް ގާއިމް ވުމަކީ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެކެވެ. އެއީ އެ ރަށަކީ ފަރުމަހުގެ މަސްވެރިކަން ކުރަމުންދާ ރަށަކަށް ވުމާއިއެކު ރަށުން ބޭރުން އައިސް ހޯދުން ވަނީ މިހާރު އެމަސައްކަތް ކުރަމުންދާ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަށް ވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!