ފުނަދޫ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

C8B6A332-BCCE-4FD7-B140-5E2A977F19B3

ށ. ފުނަދޫ ކައުންސިލާއި ހަވާލުކޮށްގެން ހިންގަމުންދާ އެރަށުގެ ޒުވާނުންގެ މަރުކަޒު ޔޫތް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

އެމަރުކަޒު އެމިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައިވާކަން އަންގާފައި މިވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް މިއަދު އެކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްފުޅަށް، ފޮނުއްވި ސިޓީފުޅެއްގައެވެ.

އެގޮތުން އެސިޓީގައި ވަނީ އެމަރުކަޒާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުންދާކަން ފާހަގަ ކޮށްފައެވެ. އަދި އެބޭފުޅާ އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެތަނުގައިހުރި ބައެއް އިންފްރާސްޓްރަކްޗަރ އަށް އެމިނިސްޓްރީގެ ހުއްދަނެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އެމަރުކަޒު އެމިނިސްޓްރީގެ ދަށަށް ގެނެސްފައި މިވަނީ އެމިނިސްޓްރީއާއި ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަން ފާހަގަ ކުރެވިފައި ވާތީ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި އެމަރުކަޒުގެ ހުރިހާ ކަމެއް ބަލަހައްޓަމުންދާނީ އެމިނިސްޓްރީގެ ފަރާތުން ކަމަށާއި އެމަރުކަޒު ހިންގުމުގައި ކައުންސިލްގެ ފަރާތުން އިތުރު އެއްބާރުލުން ލިބިގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެމިނިސްޓްރީގެ ފަރާތުން އެރަށުގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމުގެ ގޮތުން މިނިސްޓަރ މަހްލޫފް އެރަށަށް ޒިޔާރަތް ކުރައްވާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *