Skip to main content
Topic Archive

#އެމްޓީސީސީ

1,245 Stories filed
ދުވާފަރު މަގު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ދުވާފަރު މަގު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 50 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ. އަދި ސަބްބޭސް މަސައްކަތްތައް 4 ޖެނުއަރީ ގައި ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރާނެއެވެ. އަދި 6923 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް […]

ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިމިއްޖެ
Business

ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިމިއްޖެ

ށ. ފީވަކު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްްކަތް ނިންނާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި އެ މަސައްކަތް ނިންމާލީ މި މަހުގެ ދެވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 2،940 މީޓަރުގެ ސަރަހައްދެއް ކޮނުމާއި ކޮނުމަށް ފަހު ބިންގަނޑު އެއްވަރުކުރަން 4،511.70 މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމާއި 15،039 މީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓް ކުރުމާއި 750.40 މީޓަރުގެ ސަރަހައްދެއްގައި ކާބް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި، 460.2...

ހޯރަފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް
Thiladhunmathi News

ހޯރަފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ހއ. ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 90.5...

ހަނިމާދޫ ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި
Business

ހަނިމާދޫ ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް ގެންގޮސްފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ އައު ހާބަ ބޭސިން ފުންކޮށް، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ. އަދި، 355 މީޓަރުގެ ބޭރުތޮއްޓަކާއި 270 މީޓަރިގެ އެއްގަމުތޮއްޓެއްގެ އިތުރުން، 50 މީޓަރުގެ ސަ...

ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ
Business

ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ އެއްގަމު ތޮއްޓަކާއި387 މީޓަރުގެ ބޭރު ތޮއްޓަކާއި 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ. އަދި 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި ރޭމްޕެއް ހަދައި މަގުބައްތި ވަނީ ހަރުކޮށްފައެވެ. މިއީ...

ކޮޅުފުށީ ގޮނޑުދޮށުގެ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފި
Business

ކޮޅުފުށީ ގޮނޑުދޮށުގެ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފި

މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ސައިޓު މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަސައްކަތް ފެށީ މިއަދުއެވެ. މިއާއެކު އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. މި މަޝްރޫއުގެ ދަށުން، ކޮޅުފުށީގެ 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ބޭރުތޮއްޓަކާއި 519 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 22.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިނޮޅަހުގެ ބީޗު ސަރަހައްދު ރީތިކުރަން އެމްޓީސީސީގެ އެހީ
Business

ކިނޮޅަހުގެ ބީޗު ސަރަހައްދު ރީތިކުރަން އެމްޓީސީސީގެ އެހީ

ރ. ކިނޮޅަހުގެ ގަނޑުވަރު ބީޗް ސަރަހައްދު ރީތި ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެހީވެއްޖެއެވެ. އެ ކުންފުނިން ވަނީ މި އެ ސަރަހައްދުގެ ބީޗް ލެވެލްކޮށް ބެކްފިލިން ކުރުމުގަައި އެހީތެރިވެފައެވެ. މިކަމުގައި އެމްޓީސީސީން ބޭނުން ކުރީ އެ ކުންފުނީގެ މެޝިންތަކެވެ. މިއީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކިނޮޅަހުގެ ކައުންސިލްގެ އެދުމުގެ މަތިން ވެދިން އެހީއެކެވެ. އެމްޓީސީސީން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ރަށްތަކަކަށް އެހީތެރިކަން ފޯ...

ކޭއާރުއެޗްގެ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް
Business

ކޭއާރުއެޗްގެ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އޯޕީޑީ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށީ 23 ޑިސެމްބަރ 2021 ގައެވެ. މި އޯ.ޕީ.ޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ކޮޓަރިއާއި، ޓްރީޓްމެންޓް ކޮޓަރިއަކާއި، ޕްރޮސީޖާ ކޮޓަރިއަކާއި، އީސީޖީ ކޮޓަރިއެއްގެ އިތުރުން އެކޯ ރޫމެއް ހަދާނެއެވެ. މިއީ 20.22 މިލިއަން […]

އާ އަހަރާއެކު މުރައިދޫ ރައްޔިތުންނަށް އުފާވެރިކަން، ބަނދަރު ހަދާ ސާމާނު ރަށަށް!
Thiladhunmathi News

އާ އަހަރާއެކު މުރައިދޫ ރައްޔިތުންނަށް އުފާވެރިކަން، ބަނދަރު ހަދާ ސާމާނު ރަށަށް!

ހއ. މުރައިދޫ ބަނދަރުގެ ބޮޑުކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން ބޭނުންވެފައި އޮތް މަޝްރޫއެކެވެ. މި އިންތިޒާރަށް ނިމުން ގެނެސް މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިވަނީ މިއަދު ބަނދަރު ހަދަން ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު މި މަސައްކަތް ފެށުމުގެ ޔަގީންކަން ލިބިގެންދިއުމަކީ މުޅި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ. މުރައިދޫ […]

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ސައިޓު މޮބިލައިޒް ކޮށްފި
Business

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ސައިޓު މޮބިލައިޒް ކޮށްފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 280 ދުވަހުގެ ތެރޭގައެވެ. މިއީ 18.25 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މިވަގުތު ރާއްޖޭގެ އެކި ކަންކޮޅު...

މާފުށި ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލު ކޮށްފި
Business

މާފުށި ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލު ކޮށްފި

ކ. މާފުށީ އަލަށް އިތުރުކުރެވުނު ބިމާއި ޕިކްނިކް އައިލެންޑް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ. މި ދެ ތަން ކައުންސިލާ ހަވާލު ކުރީ އިއްޔެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ކ. މާފުށީ ފަޅުގައި އަލަށް ހިއްކި ޕިކްނިކް އައިލެންޑުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަ...

މާފުށީ ހިއްކި ބިމާއި ރަށާ ގުޅުވާ ބްރިޖް ހަދަން އެމްޓީސީސީއަށް
Business

މާފުށީ ހިއްކި ބިމާއި ރަށާ ގުޅުވާ ބްރިޖް ހަދަން އެމްޓީސީސީއަށް

ކ. މާފުށީގައި އަލަށް ހިއްކި ބިމުގެ ކަނެކްޝަން ބުރިޖު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މާފުށީ ކައިރީގައި އަލަށް ހެދި ޕިކްނިކް އައިލެންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މާފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރީވެސް އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ 25 ހެ...

މިލަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

މިލަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރުވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 286 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެއެވެ. އަދި 152މީޓަރުގ...

ހިންމަފުށީ އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފި
Business

ހިންމަފުށީ އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފި

ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން، އާ ހާބަ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 248 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 172 މީޓަރުގެ އެއްގަމުތޮށި ލުމާއި، ނެރު ބ...

ވެސްޓްޕާކު ބަސްރޫޓު ވަގުތީގޮތުން ބަދަލުކޮށްފި
Business

ވެސްޓްޕާކު ބަސްރޫޓު ވަގުތީގޮތުން ބަދަލުކޮށްފި

ވެސްޓްޕާކު ބަސް ރޫޓު ވަގުތީ ގޮތުން 11 ދުވަސް ވަންދެން ބަދަލު ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ބަދަލު ގެނައީ މި މަހުގެ 25ން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވެސްޓްޕާކުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ބަންދު ވާނެތީ ކަމަށެވެ. މި މުއްދަތުގައި މަގު ބަންދު ކުރަނީ މިއަހަރު ބާއްވާ އެންމެ ބޮޑު ނައިޓްމާކެޓް ބޭއްވުމަށެވެ. މަގު ބަންދުކޮށްފައިވާ މުއްދަތުގައި، ވެސްޓްޕާކު/ހުޅުމާލެ […]