ވެސްޓްޕާކު ބަސް ރޫޓު ވަގުތީ ގޮތުން 11 ދުވަސް ވަންދެން ބަދަލު ކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ބަދަލު ގެނައީ މި މަހުގެ 25ން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވެސްޓްޕާކުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ބަންދު ވާނެތީ ކަމަށެވެ. މި މުއްދަތުގައި މަގު ބަންދު ކުރަނީ މިއަހަރު ބާއްވާ އެންމެ ބޮޑު ނައިޓްމާކެޓް ބޭއްވުމަށެވެ.

Ad
rt

މަގު ބަންދުކޮށްފައިވާ މުއްދަތުގައި، ވެސްޓްޕާކު/ހުޅުމާލެ އަދި ވެސްޓްޕާކް/ވީއައިއޭގެ ރޫޓު ބަދަލު ކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ސްޓޮޕަށެވެ.

ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން ވެސްޓްޕާކް ރޫޓުގެ ދަތުރުތައް އަލުން ފަށާނެއެވެ.

އެމްޓީސީސީގެ ދަތުރުތަކާ ގުޅޭ މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1650ން ލިބޭނެއެވެ.