ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކުރީ އިއްޔެއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 280 ދުވަހުގެ ތެރޭގައެވެ.

މިއީ 18.25 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން އަންނަނީ 64 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް 22 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.