ށ. ފީވަކު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްްކަތް ނިންނާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި އެ މަސައްކަތް ނިންމާލީ މި މަހުގެ ދެވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން 2،940 މީޓަރުގެ ސަރަހައްދެއް ކޮނުމާއި ކޮނުމަށް ފަހު ބިންގަނޑު އެއްވަރުކުރަން 4،511.70 މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމާއި 15،039 މީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓް ކުރުމާއި 750.40 މީޓަރުގެ ސަރަހައްދެއްގައި ކާބް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އަދި، 460.29 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ޕްލޭނިން، މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 2.68 މިލިއަން ރުފިޔާއަށެވެ.
ވޭތުވެ ދިޔަ ތިން އަހަރު އެމްޓީސީސީން ވަނީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ 12 މަސައްކަތެއް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!