މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހައިކޯޓު

171 Stories filed
އިޔާޒްގެ އަނބިކަނބަލުން ހައްޔަރުކުރީ އެމްބަސީތަކުގެ ޝަކުވާ ލިބޭތީ: ދައުލަތް
Raajje

އިޔާޒްގެ އަނބިކަނބަލުން ހައްޔަރުކުރީ އެމްބަސީތަކުގެ ޝަކުވާ ލިބޭތީ: ދައުލަތް

ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ހައްޔަރުކުރީ އެމްބަސީތައް ކައިރީގައި މުޒާހަރާކުރާ މައްސަލާގައި ދިވެހި ސަރުކާރަށް އެމްބަސީތަކުގެ ޝަކުވާ ލިބެން ފެށުމުން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ. ޝާދިޔާ ބަންދުކުރި […]

ޖިހާދުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
Raajje

ޖިހާދުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައި ކޯޓުން ވެސް ބޭރުކޮށްލައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައ...

އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރި މައްސަލަ ހައިކޯޓަށް
Raajje

އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރި މައްސަލަ ހައިކޯޓަށް

ރާއްޖޭގައި ހުރި ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުއުފުލި މައްސަލާގައި ޑރ. އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ. އިޒްރޭލާ ދެކޮޅަށް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރު ކުރުމަށްފަހު އެ ދެ މީހުން ހަފުތާއަކަށް ވުރެ ގިނަ ދުވަހަށް ބަންދުގައި ބޭތިއްބި އެވެ. ޝާދިޔާ ބަންދުކުރަން ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން […]

އޭސީސީގެ އެންގުމާ ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަން ދިނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން: ދައުލަތް
Raajje

އޭސީސީގެ އެންގުމާ ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަން ދިނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން: ދައުލަތް

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން ކަމަށް ފުލުހުންގެ ފަރާތުން ހައި ކޯޓުގައި ބުނެފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ނިމެންދެން […]

ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ހައި ކޯޓުން ދޫކޮށްލައިފި
Raajje

ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ހައި ކޯޓުން ދޫކޮށްލައިފި

ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާ ހައްޔަރުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ހައި ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ. މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު […]

މެމްބަރު ސައްތާރު ކޯޓުގައި ވަކާލާތު ކުރާތީ އޭޖީ އާއި ފަނޑިޔާރުންގެ ނުރުހުން
Raajje

މެމްބަރު ސައްތާރު ކޯޓުގައި ވަކާލާތު ކުރާތީ އޭޖީ އާއި ފަނޑިޔާރުންގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގަންނަވާތީ ދައުލަތާއި ފަނޑިޔާރުން ސުވާލު އުފެއްދުމުން އެ މައްސަލައިން އޭނާ މިއަދު ވަކިވެވަޑައިގެންފި އެވެ. މަދަނީ މައްސަލައެއްގައި މިއަދު ހައި ކޯޓުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ދެކޮޅަށް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ސައްތާރަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރެކެވެ. އެކަމާ ގުޅިގެން ފަނޑިޔާރުންގ...

"އިސްކުރު މަދު މީހެއް" ކަމަށް ބުނެ ބޭރުކުރި މައްސަލަ އަލުން ބަލަނީ
Raajje

"އިސްކުރު މަދު މީހެއް" ކަމަށް ބުނެ ބޭރުކުރި މައްސަލަ އަލުން ބަލަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހާއަކީ “އިސްކުރު މަދު މީހެއް” ކަމަށް ބުނެ އޭނާގެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ގދ. ތިނަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބުނު މީހާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމަށް އެރަށު ކޯޓުން ނިންމީ އޭނާއާ ބެހޭގޮތުން ޑޮކްޓަރުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު އެއީ “އިސްކުރު މަދު މީހެއް” ކަމަށް ބުނެ އެވެ. އެ މައްސަލަ […]

އަނަސްގެ މަރުގެ މައްސަލަ ފަސް މަސް ފަހުން ހައި ކޯޓުން ފަށައިފި
Raajje

އަނަސްގެ މަރުގެ މައްސަލަ ފަސް މަސް ފަހުން ހައި ކޯޓުން ފަށައިފި

މާލޭގައި ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ދަށު ކޯޓުން ސަލާމަތްވި މައްސަލަ ފަސް މަސް މަހުން ހައި ކޯޓުން މިއަދު ފަށައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. […]

ފުލުހުންނަށް ދިން ޕްރޮމޯޝަން ހުއްޓުވަން އޭސީސީއަކަށް ނޭންގޭނެ: އޭޖީ
Raajje

ފުލުހުންނަށް ދިން ޕްރޮމޯޝަން ހުއްޓުވަން އޭސީސީއަކަށް ނޭންގޭނެ: އޭޖީ

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި ނަމަވެސް އެގޮތަށް ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ އެވެ. އެ […]

ވަކިކުރަން ނިންމި އޮފިސަރުންގެ ވަޒީފާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަނީ
Raajje

ވަކިކުރަން ނިންމި އޮފިސަރުންގެ ވަޒީފާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަނީ

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ އިސް އޮފިސަރުންނަށް ވަޒީފާ އަނބުރާ ދިނުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން އެދުމުން ހައި ކޯޓުން މިއަދު އެ ފުރުސަތު ދީފި އެވެ. ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ހަތް އޮފިސަރަކު ވަކިކުރަން ނިންމި އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް […]

ނަދީމްގެ މަރުގެ މައްސަލާގައި ހައި ކޯޓުން މަފާޒް ބަންދުކޮށްފި
Raajje

ނަދީމްގެ މަރުގެ މައްސަލާގައި ހައި ކޯޓުން މަފާޒް ބަންދުކޮށްފި

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ތުހުމަތުވާ މުހައްމަދު މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ […]

އެސްކްރޯ އެކައުންޓްގައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މަޑުޖައްސާލަން އަންގައިފި
News

އެސްކްރޯ އެކައުންޓްގައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މަޑުޖައްސާލަން އަންގައިފި

ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައިވާ މައްސަލާގައި ޔާމީންގެ ފަރާތުން ބޭންކާއި އޭސީސީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ތެރެއިން ޔާމީންގެ އެކައުންޓަށް އެއް […...

ސައްމާހު ދޫވި މައްސަލަ: ސުޕްރީމް ކޯޓުގެ އަމުރު ދެގޮތަކަށް
Raajje

ސައްމާހު ދޫވި މައްސަލަ: ސުޕްރީމް ކޯޓުގެ އަމުރު ދެގޮތަކަށް

މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނުނިންމާ އޮއްވާ ދޫވި މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ އަމުރެއް ދެ ގޮތަކަށް އެބަ އޮތް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފި އެވެ. ސެޕްޓެމްބަރު, 2017 ގައި ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި […]

އަނަސްގެ މަރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި
Raajje

އަނަސްގެ މަރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

މާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު ހަތް މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި  2017 ވަނަ އަހަރު ގްރޫޕަކުން ގޮސް އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން […]

ޔާމީނަށް އިއްވި އެއް ހުކުމް ބާތިލްކޮށްފި
Raajje

ޔާމީނަށް އިއްވި އެއް ހުކުމް ބާތިލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދެންމެ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަންގައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވީ މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް، ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލަ […]