މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހައިކޯޓު

171 Stories filed
މަރުގެ ދައުވާލިބޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި
Raajje

މަރުގެ ދައުވާލިބޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި

މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުނުވި މީހާ ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި އެވެ. ސެޕްޓެމްބަރު، 2017 ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި އދ. މާމިގިލީ ސޭޑީގްރޯވް އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން އޮތީ ނިިންމައިފަ އެވެ. އެގޮތަށް ހުކުމް ކުރުމުން އެ މައްސަލަ […]

ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް
Raajje

ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް

ތ. ވޭމަންޑޫގައި ކާފަ ދަރިއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 63 އަހަރުގެ މީހަކު ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފިއެވެ. ކާފަ ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އެ ރަށު ކޯޓުން ކުއްލިއަކަށް ވަނީ ދޫކޮށްލައިފައެވެ. އެމީހާ ދޫކޮށްލި ކަމުގައި ވިޔަސް، މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަދެއެވެ. މި މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާ ގުޅޭ […]

އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
Raajje

އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ ގެންދެވި އެވެ. ނަމަވެސް މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ބާއްވަން ނިންމުމާ އެކު ކުރުމާ އެކު ރަޝީދު ވަނީ އޭނާގެ ފޯމު އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ […]

ބިގަށް 78 މިލިއަން ދޭން ޕީއެސްއެމަށް ކުރި ހުކުމް ބާތިލްކޮށްފި
Raajje

ބިގަށް 78 މިލިއަން ދޭން ޕީއެސްއެމަށް ކުރި ހުކުމް ބާތިލްކޮށްފި

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ޕަބްލިކް ސާވިސް މީޑިއާ ހިމަނައިގެން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ބިގަށް 78 މިލިއަން ދައްކަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ދައުލަތުގެ މީޑިއާ ހިންގި ދުވަސްވަރު ބިގާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ މައްސަލައިގަ އެވެ.  އޭގެ […]

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް
Parliament

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތަކަށް އެދި ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާ އަށް ވާދަކުރަން އަހުމަދު ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ އޭރު ގެންދެވި އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު އޮތީ ހަމަވެފަ އެވެ. މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމުން […]

ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް, ވަޒީފާ އަނބުރާ ދޭންޖެހޭނެ: ހައިކޯޓް
Raajje

ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް, ވަޒީފާ އަނބުރާ ދޭންޖެހޭނެ: ހައިކޯޓް

އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އޭނާއަށް އަލުން ވަޒީފާދޭން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ޔާމީންގެ ދައްތަ އައިޝަތު ރަޝީދު ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރަމުން ދަނިކޮށް 2017 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުންނެވެ. އެއީ އެ އެއްވުމަކީ ހުއްދަ ނެތި އަދި ސިޔާސީ ކުލަ ޖެހިފައިވާ […]

ހައި ކޯޓުން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަނީ
Raajje

ހައި ކޯޓުން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަނީ

ހައި ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމަން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަން ނިންމައިފި އެވެ. ހައި ކޯޓުން މިއަދު ބުނީ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން […]

ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ހައި ކޯޓުން އަންގައިފި
Raajje

ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ހައި ކޯޓުން އަންގައިފި

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުމުން ސިވިލް ކޯޓުން ނިންމާފައި އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް ހައި ކޯޓުގެ ދެ ފަނޑިޔާރުގެ އަގުލަބިއްޔަތުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލް […]

އަމީން 27 އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް
Raajje

އަމީން 27 އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް ވެރިއެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވެ، މީހުން ޖިހާދަށް ފޮނުވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ކުށް ސާބިތުވި ޏ. ފުވައްމުލަކު، ކަރިއްޔާވިލާ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އަމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑަ...

މަހްމޫދުގެ ގާތިލު އެދެނީ އޭނާ މަރަން ކުރި ހުކުމް ދަމަހައްޓަން
Raajje

މަހްމޫދުގެ ގާތިލު އެދެނީ އޭނާ މަރަން ކުރި ހުކުމް ދަމަހައްޓަން

އދ. ދަނގެތީ ވިޔަފާރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) އޭނާގެ މަރުގެ ހުކުމް ދަމަހައްޓައިދޭން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ. އޮކްޓޫބަރު، 2021 ގައި ދަނގެތީގެ ފަޅުގެއެއްގެ ތެރޭގައި ތޫނު އެއްޗިއްސާއި ދަގަނޑު ބުރިން ހަމަލާދީ މަހްމޫދު މަރާލުމަށް ފަހު، ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލާގައި ސާލިމް މެރުމަށް ހުކުމްކުރީ 2022 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި ބިދޭސީއަކު މަރަން […]

މަންޑޭގެ މުދާތައް ދޫކޮށްލަން ހައި ކޯޓުން އަމުރެއް ނުކުރި
Raajje

މަންޑޭގެ މުދާތައް ދޫކޮށްލަން ހައި ކޯޓުން އަމުރެއް ނުކުރި

ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ މައްސަލާގައި މަންޑޭ ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގު ބޮޑެތި ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. […]

މަންޑޭގެ މައްސަލަ: "ދަރިފުޅު ބުއްފުޅި އާއި ތަންމަތި ވެސް ފުލުހުން ވަނީ ގެންގޮސްފައި"
Raajje

މަންޑޭގެ މައްސަލަ: "ދަރިފުޅު ބުއްފުޅި އާއި ތަންމަތި ވެސް ފުލުހުން ވަނީ ގެންގޮސްފައި"

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލިއިރު ދަރިފުޅުގެ ބުއްފުޅިއަށް ދާންދެން އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭ ޕާކްގެ ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް ފްލެޓް ވިއްކި ކަމުގެ ތުހުމަތުގައި، މަންޑޭ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓާއި އަގުބޮޑު ތަކެތި ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު […...

ހައި ކޯޓުން ކައިޒީން އަށް ކާމިޔާބީއެއް
Raajje

ހައި ކޯޓުން ކައިޒީން އަށް ކާމިޔާބީއެއް

މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގައި އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކުރުމާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހީމް އަލީފުޅާ ދެކޮޅަށް ދައުވާކުރީ އޭނާ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ އެވެ.  ކައިޒީން ދައުވާކުރަނީ އެ […]

މާލެ ސިޓީގެ މެންޑޭޓު ނުދަންނަ މީހަކަށް މާލޭގެ މޭޔަރުކަން ނުކުރެވޭނެ: އާޒިމާ
Raajje

މާލެ ސިޓީގެ މެންޑޭޓު ނުދަންނަ މީހަކަށް މާލޭގެ މޭޔަރުކަން ނުކުރެވޭނެ: އާޒިމާ

މާލޭގެ މޭޔަރަކަށް ހުންނަވަން ޖެހޭނީ އެކަމުގެ ޒިންމާ އެނގޭ ބޭފުޅެއް ކަމަށާއި މާލެ ސިޓީގެ މެންޑޭޓް ނުދަންނަ މީހަކަށް މާލޭގެ މޭޔަރު ކަން ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ. “ސަންގު ޓީވީ” އިން ގެނެސްދޭ މާލޭ މޭޔަރުންގެ ބަހުސްގެ ސިލްސިލާ ބަހުސްތަކުގެ ތެރެއިން ރޭގެ ބަހުސްގައި އާޒިމާ ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ މަގާމަކީ ދައުލަތުގެ އެންމެ ބޮޑު އެއް ވުޒާރާގެ […]

ހަތަރު މިލިއަން ދައްކަން އާޒިމާގެ މައްޗަށް ކުރި ހުކުމް ހައިކޯޓަށް އިސްތިއުނާކޮށްފި
Raajje

ހަތަރު މިލިއަން ދައްކަން އާޒިމާގެ މައްޗަށް ކުރި ހުކުމް ހައިކޯޓަށް އިސްތިއުނާކޮށްފި

ވެރިކަން ކުރާ ޕީއެންސީ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި 4.1 މިލިއަން ރުފިޔާގެ ހުކުމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ. އާޒިމާގެ އައިރު ހާޒިރުގައި ސިވިލް ކޯޓުން އެ ހުކުމްކުރީ އޭނާ ނެންގެވި ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އިސްލާމިކް ބޭންކުން ދައުވާ ކުރުމުންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. […]