Skip to main content
Topic Archive

#ހދ ނޮޅިވަރަންފަރު

184 Stories filed
Thiladhunmathi News

ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފި

ހދ ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ އެރަށު ބައެއް މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ މިއީ ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާއި ގުޅިގެން ރަށުގެ މަގުތަކުގެ ހާލަތު ވަރަށް ދަށްވެފައިވާތީވެ ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަޙްމަދު ވިދާޅުވީ ވާރޭ ވެހިއްޖެނަމަ އެއް ގޮތަކަށް ހިނގާ ނުލެވޭ ދެ ސަރަހައްދެއް ހުންނާނެކަމަށާއި ބޮޑަށް ޓާގެޓް ކުރަނީ އެ ދެސަރަހައްދަށް ކަމަށެވެ. އިއްޔެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންގެ ބަ...

އެމްޑީއެންގެ ރިޕޯޓް އިހަވަންދު އަދި ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފި
Thiladhunmathi News

އެމްޑީއެންގެ ރިޕޯޓް އިހަވަންދު އަދި ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓު ކުށްވެރިކޮށް އަދި އެމްޑީއެން އުވާލުމަށް ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކުން ގޮވާލަމުންދައިރު އެއަމަލު ހއ.އިހަވަންދު އަދި ހދ.ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. މި ލޮބުވެތި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު އެމްޑީއެންގެ ރިޕޯޓުގައި މިއުއްމަތުގެ މާތް ސާހިބާއަށާއި މާތްވެގެންވާ އިސްލާމްދީނަށް ފާޅުގައި މަލާމާތާއި ފު...

"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް"
Thiladhunmathi News

"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް"

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު” އަށް އިސްލާޙު ހުށަހެޅި، ދާއިރާ ތަކުގެ ނަމަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު (މޮސްޓާ) ފާޅުކުރެއްވި ކަންބޮޑުވުމަކީ އޭނާގެ ދާއިރާއަށް ކުރިމަތި ވެފައިވާ ކަންބޮޑުވުމެކެވެ. ނަޝީދުގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގައި އެންމެ ދެރަށް އޮތްއިރު، އެ ދެރަށުގެ ނަން މާ އެއްގޮތްވުމުން ކުރިމަތިވާ މައްސަލަތަކެކެވެ. އެއީ އެ ދާއިރާގައި އ...

ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއަކަށް ބަދަލު ފައިސާ ހަވާލުކުރަނީ
Thiladhunmathi News

ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއަކަށް ބަދަލު ފައިސާ ހަވާލުކުރަނީ

ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއިން ބަދަލުކުރައްވާފައިވާ އާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވައިކަން ލިބިފައިނުވާ 52 ޢާއިލާއަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ބަދަލުފައިސާ ދޭން ނިންމައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބަދަލުފައިސާގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ ފައިސާ މިހާރު ކައުންސިލަަށް ލިބިފައިވާ ކަމަށެވެ. އަދި މިފައިސާ...

Thiladhunmathi News

ނޮޅިވަރަންފަރު ފެނުގެ ނިޒާމާ ގުޅަން ބޭނުންވާ ގެތަކަށް ފުރުޞަތު ހުޅުވާލައިފި

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ ދަށުން، ގޭގެއަށް މީޓަރު ގުޅަައިދޭނީ، އެކަމަށްޓަކައި ގޭގެ ވެރިފަރާތުން އެކަން ކައުންސިލަށް އެންގުމުންކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އިން މިގޮތަށް ކަންތައް ކުރުމަށް އަންގާފައިވާކަމަށާއި، މިކަމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ 12:00 ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. މިމުއްދަތުގެ ފަހުން ފޯމު ހުށައަޅާ ގޭގެއަށް މީޓަރު ގު...

Thiladhunmathi News

ލޯންޗު ބަންޑުން ޖަހާލި ހާދިސާ ހިނގި ސަރަހައްދުން ފޮއްޓެއް ފެނިއްޖެ

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާ ހިނގި ސަރަހައްދުން ލަގެޖް ފޮއްޓެއް ފެނިއްޖެއެވެ. ހަނިމާދޫ ޒުވާނަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލޯންޗު ބަންޑުން ޖަހާލި ސަރަހައްދުގައި ފީނަން އުޅެނިކޮށް ފޮއްޓެއް ފެނިފައިވާ ކަމަށެވެ. އަދި އަމާނަތްތެރިކަމާއެކު ފޮއްޓަށް އެއްވެސް ގެއްލުމެއްނުދީ މިހާރު އެ ފޮށި ވަނީ ހަނިމާދޫ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށް އޭނާ ބުނެފައިވެއެވެ. މި ފޮއްޓަކީ ލޯންޗުން ދަތުރުކު...

ފަޅު ރަށެއްގައި މީހުން ރަޖިސްޓްރީވެފައި އޮންނަތާ 9 އަހަރު
Thiladhunmathi News

ފަޅު ރަށެއްގައި މީހުން ރަޖިސްޓްރީވެފައި އޮންނަތާ 9 އަހަރު

2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހދ އަތޮޅުގެ ތިން ރަށަކުން ހދ ނޮޅިވަރަންފަރަށް މީހުން ބަދަލުކޮށްފައިވެއެވެ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވަނީ މާވައިދޫއާއި، ފަރިދޫއާއި ކުނބުރުދޫގެ ރައްޔިތުންނެވެ. 2019 ވަނަ އަހަރާ ހަމައަށް އައިއިރު، މި ތިންރަށުގެ ތެރޭގައި އަދިވެސް ސަރުކާރުން ރަށް ބަދަލުކުރުމާ ގުޅިގެން ދޭން ހަމަޖެހިފައިވާ ގެތައް ނުލިބޭތީ ނޮޅިވަރަންފަރަށް ރަޖިސްޓްރީ ބަދަލުނުކުރާ ބަޔަކު އެބަ ތިއްބެވެ. މިމީހުންގެ ރަށްވެހިކަން އަދިވެސް އޮތީ މީހުން ބަދަލުކުރުމަށްފަހު ފަޅުރަށްރަށުގެ ގޮތުގައި...

Thiladhunmathi News

ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ބޮޑުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެރަށުގެ ސިއްހީ މަރުކަޒު ބޮޑުކުރުމަށް ހަވާލުކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ލިމިޓެޑާ އެވެ. މިއަދު ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ މިނިސްޓަރ އަބްދުﷲ އަމީންއެވެ. މި މަޝްރޫއަކީ ޖުމްލަ އަގަކީ 1،868،254.73 ރުފިޔާއެވެ. މި މަޝްރޫއު ނިންމަން ޖެހޭ މުއްދަތަކީ97 ދުވަހެވެ. މި އިމާރާތުގައި ޖެނެރަލް އޮފީސް، މީޓިންގް ރޫމް، ޕަބްލ...

ނޮޅިވަރަންފަރު ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ނޮޅިވަރަންފަރު ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރަނީ

ހދ. ނޮޅިވަރަންފަރު ބަނދަރު ސަރަޙައްދުގައި، އެރަށު ކައުންސިލުން ޚަރަދުކޮށްގެން އަޅާފައިވާ ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން، މީގެކުރިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ބާޠިލުކޮށް، އަލުން މިއަދު މިކަމަށް އިއުލާން ކޮށް، ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދަތުރުހިޔާ ސާފުކޮށް ބެލެހެއްޓުމާއެކު، އިމާރާތުން ކުއްޔަށް ދޫކުރާ ބަޔަށް ގެންނަންޖެ...

ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު
Thiladhunmathi News

ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާގައި އެ ދެ ރަށުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ހިތްވަރާ ނަމޫނާ އަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތައުރީފުކޮށް ޝުކުރު ދަންނަވައިފިއެވެ. މޮސްޓާ ކުރި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ދެ ރަށުގެ ރައްޔިތުން ވެސް ދެއްކި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމަށް ޝުކުރާ ސާބަސް ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ 15 އަހަރު ކުރިން ސުނާމީ […]

ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު!
Report

ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު!

އިއްޔެ އަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ހިތާމަވެރި ކަޅު ދުވަހެކެވެ. ހދ. ހަނިމާދޫ ކައިރިއަށް، އެ އަތޮޅު ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހުން މި ދުނިޔެއާ ވަކިވެގެން ދިޔަ ހާދިސާ އިން ދިވެހިން ރޮއްވާލިއެވެ. ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ. ލޯންޗު ބަންޑުން ޖަހާލުމައެކު، ކަނޑުވި މީހުން ހޯދައި، އެމީހުން ހަނިމާދޫ ސިއްހީ މަރުކަޒާ ހަމައަށް ގެންގޮސްދިނީ އެމްއެންޑީއެފާއި […]

ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި!
Report

ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި!

ކުއްލި ޚަބަރެކެވެ. ލޯންޗު ބަންޑުން ޖަހާލި ވާހަކައެވެ. ހޭދަވާނީ ފަޅި ސިކުންތެކެވެ. ސިފަވީ ހުޅަނގު މޫސުމަށް ނަގާ ބިޔަ ބޮޑެތި ރާޅުތަކެވެ. ފުންމިން ނޭނގޭ ކަނޑެވެ. ރުއިމާއި އާދޭހުގެ އަޑެވެ. ސިހުން ލިބިފައިވާ ހިތްތަކެވެ. ބީރައްޓެހިންނެއް ނޫނެވެ. އެކަކު އަނެކެއްގެ ލޯބިވާ ޢާއިލާގެ މެންބަރުންނެވެ. ދެކެފަރިތަ ރައްޓެހީންނެވެ. މަޢުސޫމު ތުއްތު ފުރާނައެކެވެ. ގަދަ އޮޔާއި ރާޅުތަކުގެ ތެރޭގައި ކުރިމަތިވީ ކޮންފަދަ ވަރުގަދަ ހަނގުރާމައަކާހެއްޔެވެ. ހިތަށް އަރުވާލިއަސް ރޮވޭހާވެއެވެ. ހިތްތައް ކުދިކުދިވާހާ ވެއެވެ. މިއީ...

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި
Thiladhunmathi News

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި އެވެ.   ނިޔާވި ފަސް މީހުން ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ. ހަނިމާދޫ މިސްކިތުގައި އޮތް މިކަށު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން  ބައިވެރިވެފައި ވެއެވެ. މި ޖަނާޒާ އަށް އެ ރަށާއި އަދި ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. ހަނިމާދޫގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް މިޖަނާޒާގައި ބައިވެރިވެފައިވެއެވެ ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ވަރަށް ގިނަ ބަޔަކު ނޮޅިވަރަންފަރުން ހަނިމާދޫއަށް ވަނީ ގޮސް...

ޓީޗަރު ހުސެއިން: ގެއްލިގެން ދިޔައީ ނަމޫނާ ހިދުމަތްތެރިއެއް
Report

ޓީޗަރު ހުސެއިން: ގެއްލިގެން ދިޔައީ ނަމޫނާ ހިދުމަތްތެރިއެއް

އޭނާއަކީ ތައުލީމީ ބޭފުޅެކެވެ. އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ހިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލުކުރައްވާ ސަކަ މިޒާޖެއްގެ އެކުވެރިއެކެވެ. އާދެ އެއީ ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ނުވަތަ އެންމެން ދަންނަ ނަމުންނަމަ “ޓީޗަރު ހުސެއިން”އެވެ. ނަމަވެސް އެ ހިދުމަތްތެރިއާ މިއަދު ވަނީ އަޅުގަނޑުމެންނާ ތާ އަބަދަށް ވަކިވެފައެވެ. މިޚަބަރު ގިނަ ބަޔަކަށް ވެގެންދިޔައީ ހިތްދަތިކަމުން ފުރިގެން ދިޔަ ޚަބަރަކަށެވެ. ހދ....

Thiladhunmathi News

ފަރުވާ ދެމުންދާ މީހުންގެ ހާލު އަންނަނީ ރަނގަޅު ވަމުން: ހަނިމާދޫ ސިއްހީ މަރުކަޒު

ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނީ ހަތަރު މީހުނަށެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރިފަރާތުން މައުލޫމާތު ދެ އެވެ. ސަލާމަތްވި ފަސް މީހުން ހޮސްޕިޓަލަށް ގެނައިއިރު ލޮނުބޮވި ހާލު ސީރިއަސް. އެކަމަކު އޮކްސިޖަން ދީގެން އެ މީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅުކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ތިލަދުންއަށް މަޢުލޫމާތުދީފައިވެއެވެ. ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުންޖަހާލައި، ސަލާމަތްކުރި 10 މީހުންގެ ތެރެއިން […]