ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ ދަށުން، ގޭގެއަށް މީޓަރު ގުޅަައިދޭނީ، އެކަމަށްޓަކައި ގޭގެ ވެރިފަރާތުން އެކަން ކައުންސިލަށް އެންގުމުންކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ.

އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އިން މިގޮތަށް ކަންތައް ކުރުމަށް އަންގާފައިވާކަމަށާއި، މިކަމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ 12:00 ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

Ad
rt

މިމުއްދަތުގެ ފަހުން ފޯމު ހުށައަޅާ ގޭގެއަށް މީޓަރު ގުޅައިދެވޭނީ މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން އެ ނިޒާމު ހިންގާ ބެލެހެއްޓުމަށްޓަކައި ޙަވާލުކުރެވޭ ފަރާތުން ކަނޑައަޅާ އުޞޫލެއްގެ މަތިން ފީއެއް ނަގައިގެންކަމަށްވެސް ކައުންސިލުގެ އިއުލާނުގައިވެއެވެ.

އެޕްލިކޭޝަންފޯމް އެއިދާރާއިންނާ، މަޝްރޫޢުގެ ކޮންޓްރެޓަރުގެ އޮފީހުންލިބެންހުންނައިރު، ފޯމާއެކު ގޭގެ ވެރިފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެކޮޕީއާއި، ގޭގެރަޖިސްޓްރީގެ ކޮޕީއާއި ވިޔާފާރިއުޞޫލުން ހިންގާތަންތަނުގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.