ހދ ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ އެރަށު ބައެއް މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފިއެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ މިއީ ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާއި ގުޅިގެން ރަށުގެ މަގުތަކުގެ ހާލަތު ވަރަށް ދަށްވެފައިވާތީވެ ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަޙްމަދު ވިދާޅުވީ ވާރޭ ވެހިއްޖެނަމަ އެއް ގޮތަކަށް ހިނގާ ނުލެވޭ ދެ ސަރަހައްދެއް ހުންނާނެކަމަށާއި ބޮޑަށް ޓާގެޓް ކުރަނީ އެ ދެސަރަހައްދަށް ކަމަށެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންގެ ބައިވެރިވުން އިތުރަށް ބޭނުންވާކަން އަޙްމަދު ފާހަގަކުރެއްވިއެވެ. އިއްޔެ އެއްކޮށް ނިންމާލެވިފައި ނުވާކަމަށާއި އެނެއްކާވެސް އެހެން ދުވަހަކުން މި މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް އަޙްމަދު ވިދާޅުވިއެވެ.
ނޮޅިވަރަމްފަރު މަގުތަކުގެ ހާލަތު ވަރަށްދަށް. ވާރޭ ކޮޅެއް ވެހިލައިފިނަމަ މިހާރުވެސް ޗައިނާ ހައުސިން ޔުނިޓް ސަރަޙައްދުގައި ފެންބޮޑުވެ އެތައް އުނދަގުލެއް ރައްޔިތުންނަށް ކުރިމަތިވޭ
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވިއެވެ.
Rashuge maguthakah veli alha evvarukutumuge therein. Shukuriyya huriha beyfulhun. pic.twitter.com/ibGgKO07LN
— Secretariat of Nolhivaranfaru Council (@OfSecretariat) October 26, 2019
ނޮޅިވަރަމްފަރު ރައްޔިތުން މިމަސައްކަތް ކުރަނީ ބަނދަރު ފަސްފުނިން ޕިކަޕްގައި ފަސް ގެންގޮސް އޮއްސުމަށްފަހު އުދެލި، އަތްގަނޑު ފަދަ އެއްޗެހި ބޭނުންކޮށްގެން ފަސް ގަނޑު އެއްވަރު ކޮށްގެންނެވެ. މި މަސައްކަތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެ ދެއްވުމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!