•  
  •  
  •  
  •  
  •  
  •  

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާގައި އެ ދެ ރަށުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ހިތްވަރާ ނަމޫނާ އަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތައުރީފުކޮށް ޝުކުރު ދަންނަވައިފިއެވެ.

މޮސްޓާ ކުރި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ދެ ރަށުގެ ރައްޔިތުން ވެސް ދެއްކި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމަށް ޝުކުރާ ސާބަސް ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ 15 އަހަރު ކުރިން ސުނާމީ އެރި ދުވަހު ވެސް ނޮޅިވަރަންފަރު ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެން ދިޔައީ ހަނިމާދޫ ރައްޔިތުންގެ ކިބައިންކަމަށެވެ.

15 އަހަރުކުރިން ސުނާމީ އެރި ދުވަހު ވެސް ނޮޅިވަރަންފަރު ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއްދ ލިބިގެން ދިޔައީ ހަނިމާދޫގެ ލޮބުވެތި ރައްޔިތުންގެ ކިބައިން. މިއީ އެއްބައެއް ކަމާއި އެއް އާއިލާއެއްކަން ދައްކަމުން މިހާރެކޭ އެއްގޮތަށް އަބަދުވެސް ކުރއަށް ދާނެ ކަމަށް އުންމީދުކުރަން.

މޮސްޓާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ނޮޅިވަރަންފަރުގެ ފަސް ޓީޗަރުންނާއެކު ޖުމްލަ 10 މީހުން ދަތުރުކުރަމުން ދިޔަ ލޯންޗު ބަންޑުން ޖަހާލީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. މި ހާދިސާގައި އެއް އާއިލާއެއްގެ ހަތަރު މީހުންނާއެކު ޖުމްލަ ފަސް މީހުން ނިޔާވިއިރު، ބާކީ ތިބި ފަސް މީހުންގެ ހާލު ދެރަވެ ހަނިމާދޫ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ.

އެ ހާދިސާގައި ހަނިމާދޫގެ ރައްޔިތުން ދެއްކި އެއްބައިވަންތަ ކަމަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

1 ޚިޔާލު

  1. ހަނިމާދޫ މީހުންނަކީ އަބަދުވެސް އޯގާތެރި ރައްޔިތުންތަކެއް.

Your email address will not be published.

More in ކުޑަ