އަފީފުއްދީން ސްކޫލްގެ 116 ދަރިވަރުން އަމަލީ ތަޖުރިބާ ދަތުރެއްގައި ނޭކުރެންދޫ ކަނޑޫފަލަށް
ސައިންސް މާއްދާ އާ ގުޅުންހުރި މައުލޫމާތުތަކެއް ހޯދަން ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ގްރޭޑް 5 އަދި 6 ގެ ދަރިވަރުން ނޭކުރެންދޫ ކަނޑޫފަލަށް ޒިޔާރަތް ކޮށްފިއެވެ. އަފީފުއްދީން ސްކޫލުން ބުނިގޮތުގައި ސައިންސް މާއްދާގެ ފިލާވަޅަކަށް ބޭނުންވާ މައުލޫމާތު ހޯދަން ކުރި ތަޖުރިބާ ދަތުރުކޮށްފައިވަނީ މިމަހުގެ 10 ވަނަދުވަހުގައެވެ. މިދަތުރުގައު އެ ސްލޫލުގެ 116 ދަރިވަރަކު ބައިވެރިވެފައިވާއިރު އެކުދިންނާއެކު ބެލެނިވެރިންނާއި މުދައްރިސުން އަދި މޯލްޑިވްސް ރެޑްކުރެސެންޓުގެ ފަސްއެއިޑް ޓީމް ބައިވެރިވިއެވެ....