ދިވެހި ރެޑް ކްރެސެންޓާއިި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިގެން މަދަދު ގެ ނަމުގައި ކުޅުދުއްފުށީގައި އިސްރަށްވެހިންނަށް ހާއްސަ ހަވީރެއް އިއްޔެ ބާއްވައިފިއެވެ.
We also took time to enjoy conversation, over some traditional games, with all those who were part of the event, to better understand their physical and mental wellbeing, and to see how we could support a healthier lifestyle.
Thank you @AfeefuddinScool and Stadium. pic.twitter.com/XsJuYzVOxm
— MRC H.Dh. Branch (@mrc_hdh) October 18, 2019
މޯލްޑިވްސް ރެޑް ކުރަސެންޓްގެ ކުޅުދުއްފުށީ ބުރާންޗްގެ ފަރާތުން އިސްނަގައިގެން އިއްޔެ ބޭއްވި ހަވީރުގައި ގިނަ އަދަދެއްގެ މުސްކުޅިން ބައިވެރިވެފައި ވާއިރު މުސްކުޅިންނަށް އަމާޒްކޮށްގެން ވަނީ ތަފާތު ކުޅިވަރުތައްވެސް ހިންގާފައެވެ.
މީގެ އިތުރުން އިސްރަށްވެހިންގެ ހާލަތު ދެނެގަތުމަށާއި ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް އެސެސްމެންޓުގެ އިންތިޒާމާއި ޕޮލިހާއި ހދ އަތޮޅު ހެލްތު ސަރވިސަސް އަދި ހދ ފެމިލީ އެންޑް ޗިލްޑްރަމް ސާރވިސްގެ ސްޓޯލްތައް ވެސްވަނީ ބަހައަޓާފައެވެ.
ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަހާއި ގުޅުވައިގެން ބޭއްވި މި ހަރަކާތް އޮތީ ހުކުރު ދުވަހު ހަވީރު 16:00 ން 17:30 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!