ޖަލާލުއްދީން ސުކޫލްގެ ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ހދ ކުޅުދުއްފުށީގައި މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރު ނުވާ ކުޑަކުއްޖަކަށެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި އެ އެކްސިޑެންޓް ވެފައިވަނީ އެދުވަހުގެ 13:20 ގައި ސްކޫލްއަށް ވަންނަން ދިޔަ ކުއްޖެކެވެ. މި އެކްސިޑޭންޓުވީއިރު ސައިކަލު ދުއްވަންއިނީ ފިރިހެނެކެވެ.

Ad
rt

އަނިޔާވި ކުއްޖާގެ އަތާއި ފައި މަށާއިގެންގޮސް ދަތެއް ބިނދިފައިވާކަމަށާއި ލޯކައިރިން ދެތަނަކުން މަށައިގެންގޮސް ލޮލުގެ އެތެރެއަށްވެސް ގެއްލުން ވެފައިވެއެވެ. ސުކޫލު ކުއްޖާގެ އިތުރުން ސައިކަލު ދުއްވަން އިން މީހާއަށް ހޮސްޕިޓަލުގައިވަނީ ފަރުވާ ދީފައިކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި އަނިޔާވި ކުއްޖާ ވަނީ އެދުވަހުގެ 2 ޖެހި އިރު ކުރިޔަށްދިޔަ އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިކަމަށާއި ނަމަވެސް އެގޮތަށް އެކަންވުމުން ކުއްޖާއަށް ވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިކަމަށް މިނޫހަށް މަޢުލޫމާތުދިން ފަރާތުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން އަދި އެއްވެސްމީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.