ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ޕްލަސް ބީ އާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީ ކުންފުންޏާއެވެ. ސަރުކާރުގެ ބަޖެޓުން ހަތަރު ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ކުރާ މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Ad
rt

މި މަސައްކަތަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިއަހަރު 20 ޕްރޮޖެކްޓެއްގައި ސޮއި ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒްއެވެ. އަދި ޕްލަސް ބީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

އަފީފުއްދީން ސްކޫލަކީ މާލޭގެ ސްކޫލްތައް ފިޔަވައި އެންމެ އާބާދީ ގިނަ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ އެއް ސްކޫލެވެ.