ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަހު ބާއްވާނެ: ޖޭޕީ
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެޕާޓީން ހާމަކުރައްވައިފި އެވެ. އެ ޕާޓީން މިކަން ހާމަކުރެއްވީ އެޕާޓީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީހަކާމެދު ގިނަ ފަރާތްތަކުން ސުވާލު ކުރަމުން އަންނާތީ އެވެ. މިކަން އޮޅުން ފިލުވައި ދިނުމަށް ވީޑިއޯއެއް އާންމު ކުރެއްވުމުގެ އިތުރުން، ކުރެއްވި ޓްވީޓެއްގައި ޖޭޕީގެ ސެކްޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖޭޕީގެ އަސާސީ ގަވައިދުގެ 18 ވަނަ މާއްދާގެ ށ. ގެ […]