މަސްޖިދުލް ޙަރާމް ކައިރީގައި "ކިންގް ސަލްމާން ގޭޓް" ނަމުގައި ބިޔަ މަޝްރޫޢުއެއް ފެށުމަށް، ސަޢޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތަޢާރަފުކުރައްވައި އިއުލާނުކުރައްވައިފިއެވެ.
އަރަބި މީޑިއާތަކުން ހާމަކުރި ގޮތުގައި މި މަޝްރޫޢަކީ މަސްޖިދުލް ހަރާމް ކައިރީގައި 12 މިލިއަން އަކަ މީޓަރުގެ ސަރަހައްދެއްގައި ހިންގޭ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވިގެންދާ ސަރަހައްދުގައި އިތުރު 900،000 ( ނުވަަލައްކަ) މީހުންނަށް ނަމާދުކުރެވޭ ގޮތަށް ޖާގަ އިތުރުކުރެވިގެން ދާނެއެވެ. ވަނީ މައްކާގެ މަރުކަޒީ ސަރަހައްދާއި އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ހިންނޭ މި މަޝްރޫޢުގެ ދަށުން 300،000 ވަޒީފާގެ ފުރުސަތު އުފެދޭނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ތެރެއިން 19،000 އަކަ މީޓަރުގެ ސަގާފީ އަދި ތަރިކައިގެ ސަރަޙައްދުތައް އާރާސްތުކޮށް، މައްކާގެ ތާރީޚީ ތަރިކަ ރައްކާތެރިކުރެވޭނެކަމަށް އިޢުލާންކުރެވިގެން ދިޔަ އެވެ.

މި މަޝްރޫޢަކީ ސައުދީ ވިޝަން 2030 ގެ އިޤްތިޞާދީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ބާރުއަޅާ، އުމްރާވެރިންނާއި ހައްޖުވެރިންނަށް ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އަމާޒުކުރެވިފައިވާ މަޝްރޫޢެކެވެ. މި ތަރައްޤީގެ މަޝްރޫޢުގައި ހިމެނެނީ ނަމާދުކުރާ ސަރަޙައްދުތަކާއި، ގިނަ އަދަދެއްގެ ހޮޓާތަކާއި އެހެނިހެން ވަސީލަތްތަކެވެ.

ވިޝަން ކޮމްޕެނީ ފޯރ ދަ ސޭކްރެޑް މޮސްކްގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއަރމަން، ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން ވަނީ މި މަޝްރޫޢުގެ ސަބަބުން މައްކާގެ ސަގާފަތް ހިމާޔަތްކުރެވި، ވަސީލަތްތައް ޒަމާނީކުރެވޭނެކަން ފާހަގަކުރައްވާފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ 2036 ވަނަ އަހަރުގައެވެ. މި މަޝްރޫޢުގެ ސަބަބުން މައްކާގެ މުޤައްދަސް ސަރަޙައްދުގައި ހުރި ދަތިތަކަށް ޙައްލު ލިބި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް އަންނަ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުުރުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މިއަހަރު ސަޢޫދީ އަރަބިއްޔާއިން ވަނީ ޕްރޮޕަޓީ މާކެޓް ވަރަށް ބޮޑަށް ލިބަރަލައިޒްކޮށްފައިވާކަމެވެ. މީގެ ތެރޭގައި ޕްރޮޕަޓީ ޓެކްސް 10 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރުމާއި، 4 މިލިއަން ރިޔާލުގެ ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް ޕްރީމިއަމް ރެސިޑެންސީ ދިނުން ހިމެނެއެވެ.
His Royal Highness the Crown Prince, announces the launch of King Salman Gate with GFA of 12 million sqm as an iconic architectural model in Makkah.
Where moments come alive. pic.twitter.com/0ujrYGA7Yf
— King Salman Gate | بوابة الملك سلمان (@kingsalmangate) October 15, 2025
ޕްރީމިއަމް ރެސިޑެންސީއަކީ ބިދޭސީންނަށް ސްޕޮންސަރެއް ނެތި ސަޢޫދީ އަރަބިއްޔާގައި ދިރިއުޅުމާއި، މަސައްކަތްކުރުމާއި، ވިޔަފާރިކުރުމާއި އަދި މުދާ މިލްކުކުރުމުގެ ހުއްދަ ދޭ ހުއްދައެކެވެ. މި ހުއްދައަކީ ހުނަރުވެރި ޕްރޮފެޝަނަލުންނާއި، ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ދޫކުރާ ހުއްދައެކެވެ.
ސަޢޫދީ އަރަބިއްޔާގެ އާބާދީ އަވަސް ދުވެއްޔެއްގައި އިތުރުވަމުން ދާއިރު، ބިދޭސީ އިންވެސްޓްމަންޓްތަކުން ހައުސިންގ ސަޕްލައި އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެއެވެ. ޚާއްސަކޮށް ރިޔާދު އަދި ޖިއްދާ ފަދަ ބޮޑެތި ސިޓީތަކުގައި މިކަމުގެ ސަބަބުން ޑިމާންޑް ފުއްދުމަށާއި ހައުސިންގ ޑިމާންޑު އަރައިގެންދާނެކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!