މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ލޯކަލް ކައުންސިލް އިންތިޚާބް 2026

144 Stories filed
ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރު ކެލާ އާއި ނޭކުރެންދޫގައި
Thiladhunmathi News

ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރު ކެލާ އާއި ނޭކުރެންދޫގައި

އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ހދ. ނޭކުރެންދޫ ހިމެނިއްޖެއެވެ. ކެލާ އަދި ނޭކުރެންދޫގައި ވާދަކުރާ ކެންޑިޑޭޓުން ހއ. ކެލާ: ކެލާގައި ދެވަނަ ބުރު ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށެވެ. އެ މަގާމަށް ވާދަކުރަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މަހުދިއ...

ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު
Raajje

ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު އެއްވަރުވުމުގެ ސަބަބުން ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން، މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރަން ފެށުމުގެ ކުރިން، ދައުލަތުގެ މީޑިއާ މެދުވެރިކޮށް އީސީގެ ރައީސް މުޙައްމަދު ޒާހިދު ދައުލަތުގެ މީޑިއާ، ޕީއެސްއެމް ދެއްވި ޚިޠާބުގައެވެ. ޒާހިދު ފާހަގަކުރެއްވި ގޮތުގައި، މ...

އޭޕްރިލް 4 ގައި ނެގި ވޯޓުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރަނީ
Raajje

އޭޕްރިލް 4 ގައި ނެގި ވޯޓުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އީސީން ބުނީ، މިހާތަނަށް ދާއިމީ ނަތީޖާ އިއުލާން ނުކޮށް ހުރީ ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ ކަމަށެވެ. ނަމަވެސް އެ ފޮށިތައް އަލުން ގުނުމުގެ މަސަ...

ފަރުހަތުގެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް
Thiladhunmathi News

ފަރުހަތުގެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހއ. މުރައިދޫގެ ކައުންސިލްގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ކަށަވަރުކޮށްފިއެވެ. ކައުންސިލްތަކުގެ ހަޔާތުގައި މިއީ މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީގެ ފިކުރަށް ލިބުނު ފުރަތަމަ ފަހަރެވެ. ހޮނިހިރު ދުވަހުގެ ވޯޓުގައި މުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ އަމްޖަދު މުހައްމަދު ކާމިޔާބުކުރީ 312 ވޯޓުންނެވެ. އޭނާ އާއި ވާދަ...

ފެންނަ ނުފެންނަ ވޯޓުން ފެނުނީ ރައީސް މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު: ޝުޖާޢު
Raajje

ފެންނަ ނުފެންނަ ވޯޓުން ފެނުނީ ރައީސް މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު: ޝުޖާޢު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ހާމަވެގެންދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “ދިވެހީންގެ ނިންމުން” ކަވަރޭޖުގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލު...

ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު
Thiladhunmathi News

ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހަނި ފަރަގަކުން ފިނޭ ކައުންސިލްގެ ދެ ގޮނޑި ވެރިކަންކުރާ ޕީއެންސީ އަށް ކަށަވަރުވެއްޖެއެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އާއިލާ ނިސްބަތްވާ ފިނޭ ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުކުރީ އެމްޑީޕީންނެވެ. މިގޮތުން ފިނޭ ކައުންސިލް ރައީސްގެ ގޮ...

ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
Thiladhunmathi News

ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ ތާރީޚްގައި އެމްޑީޕީ އަށް ހދ. ނައިވާދޫން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ފަހަރުކަމުގައި މި ފަހަރުވެއްޖެއެވެ. އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެމްޑީޕީ އަށް ވަނީ ދެ ގޮނޑިއާއެކު ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ލިބިފައެވެ. އަދި ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑިވެސް ފުރަތަމަ ފަހަރަށް އެމްޑީޕީން ވަނީ ހޯދާފައެވެ. މި އިންތިޚާބުގައި ނައިވާދޫ ކައުންސިލްގެ ގޮނޑި މިހާރުގެ ރައީސް ޕީއެނ...

ދުވާފަރުގެ 8 ގޮނޑިއެއް ޕީއެންސީއަށް، ރައީސްގެ ގޮނޑި ނެގީ ބޮޑު ތަފާތަކުން
Raajje

ދުވާފަރުގެ 8 ގޮނޑިއެއް ޕީއެންސީއަށް، ރައީސްގެ ގޮނޑި ނެގީ ބޮޑު ތަފާތަކުން

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ) އިންތިޚާބުގައި ރ. ދުވާފަރު ކައުންސިލާއި، ޑަބްލިޔުޑީސީގެ 8 ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. ރ. ދުވާފަރު ކައުންސިލާއި، ޑަބްލިޔުޑީސީ އަށް އިންތިޚާބު ކުރަންޖެހެނީ 10 ގޮނޑިއެވެ. އެއީ ކައުންސިލަށް 5 ގޮނޑި އަދި ޑަބްލިޔުޑީސީ އަށް 5 ގޮނޑިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާތަނަށް އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި މި އިންތިޚާބުގައި ދުވާފަރު ކައު...

ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް
Thiladhunmathi News

ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ފުނަދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބުގައި ފުނަދޫގެ ގޮނޑިތަކަށް އިދިކޮޅު އެމްޑީޕީން ވާދަކޮށްފައެއްނުވެއެވެ. މި ގޮނޑިތަކަށް ޕީއެންސީގެ ކެންޑިޑޭޓުންނާއި ވާދަކުރީ މިނިވަން ކެންޑިޑޭޓުންނެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ފުނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ...

މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް: ޝިޔާމް
Raajje

މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް: ޝިޔާމް

ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިޚާބަކީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށްފަހު...

ނަރުދޫ އަށް ތާރީޚީ ސިޔާސީ ބަދަލެއް، މެޖޯރިޓީ ޕީއެންސީއަށް
Thiladhunmathi News

ނަރުދޫ އަށް ތާރީޚީ ސިޔާސީ ބަދަލެއް، މެޖޯރިޓީ ޕީއެންސީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ނަރުދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ނަރުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ވެސް ރައީސް މުހައްމަދު މުޝްތަރުސިދު އެވެ. އޭނާ 67 އިންސައްތަ (272 ވޯޓު) ހޯދާފައިވާއިރު، ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝުހަ...

ހދ. އަތޮޅު 7 ރަށެއްގެ ރައީސް އެމްޑީޕީ އަށް، ޕީއެންސީ އަށް 2 އަމިއްލަ 2
Thiladhunmathi News

ހދ. އަތޮޅު 7 ރަށެއްގެ ރައީސް އެމްޑީޕީ އަށް، ޕީއެންސީ އަށް 2 އަމިއްލަ 2

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން 7 ރަށެއްގެ ކައުންސިލް ރައީސްކަން އިދިކޮޅު އެމްޑީޕީއިން ކާމިޔާބުކޮށްފި އެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން، ސަރުކާރު ހިންގާ ޕީއެންސީ އަށް 2 ގޮނޑި ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރި 2 ބޭފުޅުންވެސް 2 ރަށެއްގެ ރައީސްކަން ކާމިޔާބުކޮށްފައިވެއެވެ. އެމްޑީޕީން ހދ. އަތޮޅުގެ މެޖޯރިޓީ ހޯދާފައިވާއިރު، އެ ޕާޓީން ގޮނޑިތައް ކާމިޔާބުކުރި ރަށްތަކުގެ ތެރޭގައި ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫ، ފިނޭ، ނައިވާދޫ އަދި ނެއްލައިދ...

ހއ. އަތޮޅު 7 ރަށެއްގެ ރައީސް ޕީއެންސީ އަށް، އެމްޑީޕީ އަށް 4 އަމިއްލަ 3
Thiladhunmathi News

ހއ. އަތޮޅު 7 ރަށެއްގެ ރައީސް ޕީއެންސީ އަށް، އެމްޑީޕީ އަށް 4 އަމިއްލަ 3

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން 7 ރަށެއްގެ ކައުންސިލް ރައީސްކަން ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން، އިދިކޮޅު އެމްޑީޕީން 4 ރަށެއްގެ ރައީސްކަން ކާމިޔާބުކުރިއިރު، އަމިއްލަ ގޮތުން ވާދަކުރި 3 ކެނޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކޮށްގެން ހއ. އަތޮޅުގެ މުރައިދޫ، ވަށަފަރު، ދިއްދޫ، ފިއްލަދޫ އަދި ތުރާކުނުގެ ރައީސްކަން ވަނީ ކާމިޔާބުކޮށްފަ އެވެ. […]

ކުޅުދުއްފުށީ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކުގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވެފައިވާކަމަށް މިހާތަނަށް އާންމުކުރި ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ޕީއެންސީ އަށް ލިބިފައި ވަނީ ކުޅުދުއްފުށީ ސިޓީ ހުޅަނގު އުތުރު ދާއިރާއެވެ. އެ ގޮނޑި ކާމުޔާބުކުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް އަހްމަދެވެ. މިހާތަނަށް ސާފު...

ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރާނެކަމުގެ ޔަޤީންކަން
Raajje

ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރާނެކަމުގެ ޔަޤީންކަން

ސަރުކާރުގެ ހިންގުމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން މީސްމީޑިއާގައި ހިއްސާކ...