ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (34)
25 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: އެއާއެކު، އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ސާދުނާ އަވަސް އަވަހަށް މޭޒުކައިރީ އިށީނެވެ. ފެންޑާގެ އެއްފަރާތެއްގައި މަޑުކޮއްލައިގެން ހުރި ލީނާއަށް އެ ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭރު އޭނާގެ މޭ ވެސް ނެގިނެގިފައި ޖެހެމުންދެއެވެ. މަސްލަޙަތު ވަރަށް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. މަންމަގެ އެ ނުބައި ޢަމަލުތައް ކުށްވެރި ކުރެވުނު ނަމަވެސް އޭނާއަކަށް މަންމަދެކެ ރުޅިއެއް ނާދެވުނެވެ. ރަށު މީހުންގެ މަލާމާތާއި ރުޅިވެރިކަން މަންމައަށް ރައްދުވާނެކަން [...