Skip to main content
Topic Archive

#ލޯބިވޭ ނިހާޔަތަށް

34 Stories filed
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (4)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (4)

ކުރީގެ އަދަދާއި ގުޅޭ: އެއާއެކު މާޔާއަށް ފެނުނީ  އަތް އުކައުކާފައި މަންމަ، ބައްޕައާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔަ މަންޒަރެވެ. ބައްޕަ ގެއަށް ވަންނަން އެނބުރުމާއެކު އަތުގެ މުލައްދަނޑީގައި މަންމަ ހިފެހެއްޓިތަން ވެސް މާޔާއަށް ފެނުނެވެ. އޭރު ވެސް ބައްޕަ ހުރީ މަގުގެ ދެ ކޮޅަށް ބަލަބަލައެވެ. މީހަކަށް އެ މަންޒަރުތައް ފެނިދާނެތީ ބައްޕަ ޖެހިލުންވަނީކަން މާޔާއަށް އެނގުނެވެ. މާޔާ އަވަސް އަވަހަށް ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި އެނދުގައި އިށީނދެ އިނދެ ރަނގަޅަށް ވިސްނާލިއެވެ. […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (3)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (3)

ކުރީގެ އަދަދާއި ގުޅޭ: ” އާނ. މި ދަނީ މިހާރު.” އެހެން ބުނެ އޭނާ ހިނގައިގަތީ މާޔާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. މާޔާއަށް އިނދެވުނީ ކަޅި ޖަހައިނުލާ އާއިޒަށް ބަލަހައްޓައިގެންނެވެ. ހައެއްކަ ފޫޓު ދުރަށް ގޮސް، ކުއްލިއަކަށް އާއިޒް ހުއްޓި ފަހަތް ބަލައިލިއެވެ. އެއާއެކު މާޔާއަށް ވެސް ތެދުވެވުނެވެ. އެ ވަގުތު އާއިޒް އަތުން ބާއީ ކިޔާލިތަން މާޔާއަށް ފެނުނެވެ. އަވަސް އަަވަހަށް މާޔާއަށް ވެސް އަތް އުފުލައިލެވުނެވެ. ލަސްނުކޮށް އާއިޒް ދުރަށް ހިނގައިގަތުމާއެކު މާޔާއަށް ހިނިތުން […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (2)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (2)

ކުރީގެ އަދަދާއި ގުޅޭ: ” ހަމަ އަސްލުވެސް ހާދަ ހޭންޑްސަމް ބޯއީއެކޭ.” ކަޅި ޖަހާ ނުލާ ބަލަައްޓައިގެން ހުރެ ލީނާ ވެސް އާއިޒަށް ތަޢުރީފް ކުރިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިގެން ހުރެ މާޔާ ދެ ފަރާތަށް ބޯ ހޫރާލީ ފޫހިކަމާއެކުއެވެ. ” ކަލޭމެންނަށް ރީތި ވާނެ މި ތަނަށް ގަސްބުޑެއް ލެއްގިޔަސް. ” މާޔާ ބުންޏެވެ. މާޔާގެ ޖުމްލައަށް ސަމާލުކަން ދޭނެ އެކަކު ވެސް އެތާ ނެތް ކަހަލައެވެ. އެ މީހުން ދިޔައީ ކުރިއަށް ހިނގަމުންނެވެ. ” […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (ފުރަތަމަ ބައި)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (ފުރަތަމަ ބައި)

ފޫހިކަމާއެކު ކާރުން ފައިބައިގެން ގޮސް މާޔާ ހުއްޓުނީ ބޭރު ތޮށިގަނޑު ކައިރީގައެވެ. އޭރު ވެސް ބޯޓަށް ގިނަ އަދަދަކަށް މީހުން އަރާ، ފައިބަމުން ދެއެވެ. ކޮނޑުގައި އޮތް ދަބަސް ބަރުކަމުން، ތޮށިގަނޑުމަތީ ބެހެއްޓުމަށްފަހު އޭނާ އެތާ އިށީނެވެ. ދަތްދޮޅީގައި އަތްވިދިލައިގެން އިނދެ މާޔާ ނަޒަރު ހިންގަމުން ދިޔައީ އޭނާގެ ކުރިމަތީގައި ހޭލަމޭލަވެ އުޅެމުންދާ މީހުންނަށެވެ. ” ފާޚާނައާ ވަރަށް ކައިރީގަ ތަންމަތި އަޅާފަ މި އައީ. ހިނގާ! އަވަހަށް އަރަން ދާން.” މާޔާގެ ބައްޕަ ރާޒީ ބުންޏެވެ. […]