ރާއްޖޭގެ ފަތުރުވެރިކަން: ނޮވެމްބަރު މަހުގެ ޢަދަދުތަކުން އައު އުންމީދެއް
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލައި، ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ސަރުކާރާއި، ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަހުން މަހަށް އިތުރުވެގެން ދިޔުމަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށް ދިރުންލިބި، އުންމީދު އާލާވެގެންދާ ކަމެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަ...