ކުޅުދުއްފުށި ހިމެނޭގޮތަށް އިތުރު ތިން ރަށެއްގައި އަޅާ ސިންތެޓިކް ޓްރެކްތައް އަންނައަހަރު ބޭނުންކުރެވޭނެ: މަހްލޫފް
ކުޅުދުއްފުށި ސިޓީ ހިމެނޭގޮތަށް އިތުރު ތިން ރަށެއްގައި އަޅާ ސިންތެޓިކް ޓްރެކްތައް އަންނައަހަރު ބޭނުންކުރެވޭނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި އަޅާ ޓްރެކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އައްޑޫ ސިޓީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ ވާހަކަ ދެއްކިތާ އަހަރުދުވަސް ވީއިރުވ...