ފުވައްލުމަކު ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ދާގޮތް ނައިބު ރައީސްފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ނައިބު ރައީސް އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަނީ އެ މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހަލުވިކަމާއެކު މަސައްކަތް ހިންގުމަށްހިތްވަރު ދެއްވާފައެވެ.ސައީދު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވާ އެ މަސައްކަތް ކުރިއަށް ދާ ގޮތުގެ ތަފްސީލު ވެސް އަރުވާފައެވެ.
ކުރީ ސަރުކާރުން 2018ވަނަ އަހަރު 297 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިންމި މި މަޝްރޫއުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވުމުންނާއި ނިޒާމުގާއިމުކުރުމަށް ބޭނުން ކޮށްފައިވާ މުހިންމު ގިނަ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ޖަންކުޝަންތަކުން ނަޖިސް ބޭރުން ފަދަ އެތައް އުދަނގުލެއް ފުވައްމުލަކުރައްޔިތުން ދިޔައީ ތަހައްމަލު ކުރަމުންނެވެ.
ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ނިޒާމު މަރާމާތު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފެނަކައާ ހަވާލުކުރީ 43 މިލިއަންރުފިޔާއަށެވެ. އެއީ ހަ މަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން އާ ވެކިއުމް ވެލްވް ހަރުކުރުމާއި، އާ ވެކިއުމް ޖަންކްޝަނެއް ގާއިމު ކުރުމާއި މޮނިޓަރިން ސިސްޓަމެއް ގާމިއުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!