ފުވައްމުލަކު ސިޓީގައި ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނުނު ޢުމުރުން 17 ގެ ކުއްޖާ ނިޔާވެއްޖެއެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިރޭ 18:41 ހާއިރު ނިޔާވެފައި ވާކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވާ ޏ. އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

Ad
rt

ފުލުހުން ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަލު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ 16:47 ހާއިރު އެވެ.

އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެކުއްޖާ ފެނުނީ މޫދު އަޑިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނކޮށް ދާދި އެންމެއަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ،"

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް އެ ކުއްޖާ މޫދު އަޑިން ފެނިފައި ވަނީ 5:50 އެހާކަންހާއިރު އެވެ.