ފުވައްމުލަކު ސިޓީން ރޭ ފަތިހު މަހަށް ފުރި ޑިންގީއެއްގެ ޚަބަރު ނުވެގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ޑިންގީ މަހަށްފުރީ ރޭ ފަތިހު 04:30 ހާއިރު ކަމަށެވެ. އަދި އެ ޑިންގީގެ ޚަބަރެއް ނުވެގެން އެޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

Ad
rt

އެ ޑިންގީގެ ޚަބަރެއް ނުވެގެން ޢާއިލާގެ ފަރާތުން އެމްއެންޑީއެފަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:40 ހާއިރުއެވެ. އެ ޑިންގީއަކީ 22 ފޫޓްގެ ހުދުކުލައިގެ ދަވާލު ލާފައި އޮތް ޑީންގީ އެކެވެ.

އެ ޑިންގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރަކާއި، ކޯސްޓް ގާޑާއި އަދި ސީ އެމްބިއުލާންސްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެ ޑިންގީ މަހަށް ނުކުތް ދިމާއެއް، އަދި އެ ޑިންގީގައި މަހަށް ދިޔަ މީހުންގެ ޢަދަދެއްވެސް މިހާތަނަށް ސާފު ނުވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.