ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ: ރައީސް
ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސަމިޓްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އެ ޤައުމުގެ ލީޑަރުން ޖަވާބުދާރީކުރުވަންޖެހޭ ކަމަށާއި، މިކަމަށްޓަކައި ރ...