މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ފަލަސްތީނު

441 Stories filed
ފްލޮޓިލާއަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވުން، އެއީ ބޮޑުކުށެއް: ކޮލަމްބިއާގެ ރައީސް
International

ފްލޮޓިލާއަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވުން، އެއީ ބޮޑުކުށެއް: ކޮލަމްބިއާގެ ރައީސް

ބޮގޮޓާ، 1 އޮކްޓޯބަރު 2025: ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް)އަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވުމެއް ކަމަށާއި، އެއީ އިންސާނިއްޔަތާ ޚިލާފު ބޮޑު ކުށެއްކަމަށް ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ. މިކަން އޭނާ ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވަނީ، ޣައްޒާ ސުމޫދު ފްލޮޓިލާގައި ހަރަކާތްތެރިވާ ސަތޭ...

ގޮތް ނޭނގޭ އުޅަނދުތައް ފްލޮޓިލާއާ ދުރަށް؛ ފްލޮޓިލާ ޣައްޒާއާ ކައިރިއަށް ދަތުރު ކުރަމުންދަނީ
International

ގޮތް ނޭނގޭ އުޅަނދުތައް ފްލޮޓިލާއާ ދުރަށް؛ ފްލޮޓިލާ ޣައްޒާއާ ކައިރިއަށް ދަތުރު ކުރަމުންދަނީ

ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) އާ ކައިރިވި ގޮތް ނޭނގޭ އުޅަނދުތައް މިހާރު ވަނީ އެ ސަރަހައްދުން ދުރުވެފައިވާ ކަމަށް ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެފިއެވެ. މި އުޅަނދުތައް ދުރުވެފައިވަނީ ފްލޮޓިލާގައި ހިމެނޭ އެތައް އުޅަނދުފަހަރަކާ ގާތްވެ، އޭގެ ތެރެއިން ބައެއް އުޅަނދުތަކުގެ ބައްތިތައް ނިއްވާލާފައިވާ ހާލަތެއްގައެވެ. ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގިނަ އަދަދެއްގ...

އިސްރާއީލުން "ގްލޯބަލް ސުމޫދު ފްލޮޓިލާ" ހުއްޓުވައި ބައެއް އުޅަނދުތައް ފައްތާލާނެ: މީޑީއާ
International

އިސްރާއީލުން "ގްލޯބަލް ސުމޫދު ފްލޮޓިލާ" ހުއްޓުވައި ބައެއް އުޅަނދުތައް ފައްތާލާނެ: މީޑީއާ

ޣައްޒާއަށް އިންސާނީ އެހީތެރިކަން ގެންދިޔުމަށް ދަތުރުކުރަމުންދާ ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ)  އިސްރާއީލުން ކުރިން އިންސާނީ އެހީ ގެންދާ އުޅަނދުފަހަރު ހުއްޓުވާފައިވާ ސަރަޙައްދަކާ ކައިރިވެފައިވާއިރު، އެ އުޅަނދުތައް ހުއްޓުވުމަށް އިސްރާއީލުން ތައްޔާރުވެފައިވާކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފިއެވެ. އިސްރާއީލުގެ ސަރުކާރުގެ ބްރޯޑްކާސްޓަރު ”ކަން އިން” ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ވަނީ “ގްލޯބަލް ސުމޫދު ފްލޮޓިލާ” އަށް ހުއްޓުވުމަށް ރޭވުންތަކެއް ރާވާފައެވެ. އަދި މި މަސައްކަތުގައި އިސްރ...

އިސްރާއީލުން އަހަރެމެން ހުއްޓުވައިފިނަމަ އިންސާނީ އެހީގެ މެސެޖު ވަރުގަދަކުރާނަން: ފްލޮޓިލާގެ ބައިވެރިން
International

އިސްރާއީލުން އަހަރެމެން ހުއްޓުވައިފިނަމަ އިންސާނީ އެހީގެ މެސެޖު ވަރުގަދަކުރާނަން: ފްލޮޓިލާގެ ބައިވެރިން

ފަލަސްތީނުގެ ޣައްޒާ ސިޓީއަށް އިސްރާއީލުން އަޅާފައިވާ ނާޖާއިޒު ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ބައިނަލްއަޤްވާމީ އުޅަނދުފަހަރު، އިސްރާއީލުން ކުރިން އިންސާނީ އެހީ ގެންދާ އުޅަނދުފަހަރު ހުއްޓުވާފައިވާ ސަރަޙައްދަކާ ކައިރިވެފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. މި ދަތުރުގެ މަޤްޞަދަކީ މިހާރު ޣައްޒާގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމާއި ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އިންސާނީ އެހީ ފޯރުކޮށްދިނުމެވެ. ކާކު؟ އަދި ކޮންތާ...

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަފްސީލު: ސައިވެފައިވާ ޒަޔަނިސްޓުންގެ ޖައްބާރުކަން ފޫއަޅުވާލާނެ ގާފިލާއެއް
Column

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަފްސީލު: ސައިވެފައިވާ ޒަޔަނިސްޓުންގެ ޖައްބާރުކަން ފޫއަޅުވާލާނެ ގާފިލާއެއް

ގާތްގަނޑަކަށް މިވީ ދެ އަހަރު ދުވަހަކީ، ފަލަސްތީނުގެ ތާރީޙުގައިވެސް ޔަހޫދީންގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔައްތުކަން ހައްދެއް ނެތް މިންވަރަށް އިތުރުވެގެން ދިޔަ ކަޅު ދުވަސްތަކެކެވެ. ޣައްޒާވަނީ ރުއިމާއި ބޮޑުމުގެ އަޑުން ގުގުމާލާފަ އެވެ. ދުމާއި ހިރަފުހުގެ ތެރެއިން އެހީތެރިކަމުގެ އަތަކަށް އެދި ގޮވާ އާދޭސްތަކަށް އަލި މަގެއް ފެންނާނެ ކަމުގެ އުންމީދުގައި ތިއްބައި އެތަކެއް އާއިލާތަކެއް ބިކަވެއްޖެ އަނެއް ބަޔަކު ޝަހީދުވެ ދުނިޔެ ދޫކޮށް ގޮސްފި އެވެ. އެއްގަމުން ވަށައިލެވި، ވައިގެމަގުތައް ބަންދުކުރެވި، އަދި ކ...

ޓްރަމްޕްގެ ޕްލޭނަށް ފަލަސްތީނުގެ ތާއީދު، ހަމާސްއިން ދިރާސާކުރަނީ
International

ޓްރަމްޕްގެ ޕްލޭނަށް ފަލަސްތީނުގެ ތާއީދު، ހަމާސްއިން ދިރާސާކުރަނީ

އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ އުދުވާނު ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްޙަ ޕްލޭނަކަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން މަރުޙަބާ ކިޔާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ޕްލޭނާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ އެކު ހޯމަ ދުވަހު ޓްރަމްޕް އިޢުލާނުކުރެއްވިއިރު، ހަމާސްއިން ދަނީ މި ހުށަހެޅުން “ހެޔޮ ނިޔަތުގައި” ދިރާސާކުރަމުންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ރައީސް ޓްރަމްޕް ވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިންމުމ...

މަހާތިރު 100 އަހަރުގައި: ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުން ހަނދާންނެތިގެން ނުދާނެ
International

މަހާތިރު 100 އަހަރުގައި: ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުން ހަނދާންނެތިގެން ނުދާނެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު މިއަހަރުގެ ކުރީކޮޅު 100 އަހަރު ފުރުނުއިރު، އޭނާގެ އުމުރުދުވަހުގެ އާދަކާދައާ އެއްގޮތަށް އުޅުއްވަމުން ގެންދަވައެވެ. މަދުން ކެއުމާއި، ގިނައިން މަސައްކަތް ކުރުމާއި، އަރާމު މަދުން ކުރެއްވުމެވެ. “އެންމެ މުހިންމު ކަމަކީ އަހަރެން އަބަދުވެސް މަސައްކަތް ކުރަން. އަހަރެން އަރާމެއް ނުކުރަން،” މަހާތިރު ”އަލްޖަޒީރާ”އަށް ވިދާޅުވެފަވެއެވެ. “އަހަރެން އަބަދުވެސް ސިކުނޑިއާއި ހަށިގަނޑު ބޭނުންކުރަން. ސިކުނޑިއާއި ހަށިގަނޑު ހަރަކާތްތެރިކޮށް ބަހައްޓައިފިއްޔާ، އުމުރުން ދުވ...

ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 66,000 އިން މައްޗަށް
International

ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 66,000 އިން މައްޗަށް

ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 66,000 އިން މައްޗަށް އަރާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 77 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 6 މީހުން ހިމެނެއެވެ. އަދި 379 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ކުރިން އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން...

ސަން މަރީނޯއިން ފަލަސްތީނު ދައުލަތް ބަލައިގެންފި
International

ސަން މަރީނޯއިން ފަލަސްތީނު ދައުލަތް ބަލައިގެންފި

ދެކުނު ޔޫރަޕްގެ ގައުމެއްކަމަށްވާ ސަން މަރީނޯއިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ. އެގައުމުގެ ފޮރިން މިނިސްޓަރ ލޫކާ ބެކާރީ ވަނީ އދ. ގެ އާންމު މަޖިލީހުގައި ވިދާޅުވެފައިވަނީ އޭނާގެ ޤައުމުން ރަސްމީކޮށް ފަލަސްތީނު ދައުލަތް ބަލައިގަންނަނީ މިނިވަން އަދި އަމިއްލަ ވެރިކަމެއް އޮތް ދައުލަތެއްގެ ގޮތުގައި، ރައްކާތެރި އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރަޙައްދުތަކެއްގެ ތެރޭގައި، އދ. ގެ ޤަރާރާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. “ދައުލަތެއް އޮތުމަކީ ފަލަސްތީނު ރައްޔިތުންގެ ޙައްޤެއ...

ފަލަސްތީނު މިނިވަންކުރަން ދާން ތައްޔާރު، ބައިވެރިވާން ބޭނުންވާ މީހުންގެ ލިސްޓަކަށް ހުޅުވާލާނަން: ކޮލަމްބިއާގެ ރައީސް
International

ފަލަސްތީނު މިނިވަންކުރަން ދާން ތައްޔާރު، ބައިވެރިވާން ބޭނުންވާ މީހުންގެ ލިސްޓަކަށް ހުޅުވާލާނަން: ކޮލަމްބިއާގެ ރައީސް

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކޮލަމްބިއާ ވޮލަންޓިއަރުންގެ ލިސްޓަކަށް ހުޅުވާލައްވާނެކަމަށް ކޮލަމްބިއާގެ ރައީސް ގުސްޓަވޯ ޕެޓްރޯ އިއުލާނުކުރައްވައިފިއެވެ. މިކަން ޢިއުލާންކުރަށްވަމުން އޭނާ ވަނީ މި ހަނގުރާމައިގައި ބޭނުންވެއްޖެ ހިނދެއްގައި އަމިއްލަފުޅަށްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކޮލަމްބިއާގެ ފިރިހެނުންނާއި އަންހެނުންނަށް ވެސް ފުރ...

ރޮއިޓާސްގެ ތަޙްޤީޤަކުން އިޒްރޭލުގެ ދޮގުތަކެއް ހާމަވެއްޖެ
International

ރޮއިޓާސްގެ ތަޙްޤީޤަކުން އިޒްރޭލުގެ ދޮގުތަކެއް ހާމަވެއްޖެ

ޣާއްޒާ، (26 ސެޕްޓެމްބަރު): ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުތަކާއި ގުޅިގެން އިޒްރޭލުން އަބަދުވެސް ދޮގުހަދައި، އޮޅުވާލާކަމީ ފެންނަންއޮތް ހާމަކަން ބޮޑު ހަގީގަތެކެވެ. މީގެ އެތައް އަހަރެއް ކުރީން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ އެބިންތަކަށް ވެރިވެގަންނަމުންދާ ދިޔުމަކީ ވެސް ދޮގުގެ މަތީގައި ކުރަމުންއަންނަ ކަމެކެވެ. ހުޅަނގުގެ މީޑިއާތަކުގެ ބޮޑު ކޮންޓްރޯލެއް އިޒްރޭލަށް އޮންނާތީ އިޒްރޭލުގެ ޖަރީމާތައް ފޮރުވަމުން އައިނަމަވެސް، މިހާރު ވަނީ އިޒްރޭލްގެ ސިއްރުކުރުންތައް އަމިއްލައަތު...

ޣައްޒާގައި ހިންގަމުންދަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް، އެއީ ޤަބޫލުކުރެވޭނެކަމެއްނޫން: ޖެނިފަރ ލޯރެންސް
International

ޣައްޒާގައި ހިންގަމުންދަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް، އެއީ ޤަބޫލުކުރެވޭނެކަމެއްނޫން: ޖެނިފަރ ލޯރެންސް

ޣައްޒާގައި ހިންގަމުންދަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއްކަމަށާއި، އެއީ ޤަބޫލުކުރެވޭނެކަމެއްނޫންކަމުގައި، ބްލޮކްބަސްޓާ އެކްޝަން ފްރެންޗައިޒްތަކާއި މިނިވަން ޑްރާމާތަކުގައި ވެސް ވަރސައިޓިލިޓީ އަށް މަޝްހޫރު އެމެރިކާގެ ކާމިޔާބު ބަތަލާ އަދި ޕްރޮޑިއުސަރ ޖެނިފަރ ލޯރެންސް ބުނެފިއެވެ. ސަން ސެބަސްޓިއަން ފިލްމް ފެސްޓިވަލްގައި އޭނާގެ އައު ފިލްމް “ޑައި، މައި ލަވް” ޕްރޮމޯޓްކުރަމުން، އޮސްކާ ލިބިފައިވާ ތަރި ޖެނިފަރ ލޯރެންސް، ހުކުރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ބުނީ، އެ ހަނގުރާމައަކީ ލަދުވެތިކަމެއްކަމަ...

ފަލަސްޠީނުން ބްރިކްސްގެ ފުރިހަމަ މެމްބަރޝިޕަށް އެދިއްޖެ، ޗައިނާގެ މަރުޙަބާ
International

ފަލަސްޠީނުން ބްރިކްސްގެ ފުރިހަމަ މެމްބަރޝިޕަށް އެދިއްޖެ، ޗައިނާގެ މަރުޙަބާ

ފަލަސްޠީނުން ބްރިކްސް ޖަމާޢަތުގެ ފުރިހަމަ މެމްބަރޝިޕަށް އެދި ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ރަޝިޔާގައި ހުންނަ ފަލަސްޠީނުގެ ސަފީރު އަބްދުލް ހަފީޒް ނޮފަލް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. އެ ހުށަހެޅުމަށް އަދި ގޮތެއް ނިންމާފައިނުވިނަމަވެސް ފަލަސްޠީނު މިހާރު ވެސް މެހެމާނެއްގެ ގޮތުގައި އެޖަމާއަތުގައި ބައިވެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ނިއުސް އެޖެންސީ ”އާރް.އައި.އޭ” އަށް ދެއްވި ބަސްދީގަތުމެއްގައި، ސަފީރު ނޮފަލް ވިދާޅުވީ ފަލަސްޠީނުގެ ފަރާތުން ރަސްމީކޮށް އެޕްލިކޭޝަން ހުށަހަޅާފައިވ...

ރާއްޖެ ހިމެނޭހެން ދުނިޔޭގެ މެސެޖެއް އިސްރާއީލަށް، ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ނުކުމެއްޖެ
International

ރާއްޖެ ހިމެނޭހެން ދުނިޔޭގެ މެސެޖެއް އިސްރާއީލަށް، ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ނުކުމެއްޖެ

އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ތެދުވުމާއެކު، ޣާއްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ޤައުމުތަކެއްގެ މަންދޫބުން މަޖިލިސް ދޫކޮށް މާލަމުން ނުކުމެއްޖެއެވެ. މި ގައުމުތައް މާލަން ދޫކޮށް ނުކުތީ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ނަތަންޔާހޫ، އދ. ގެ މަޖިލީހުގެ ޕޯޑިއަމް ކައިރީ ހުއްޓި ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާގެ...

ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނަން: ގްރީސް
International

ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނަން: ގްރީސް

ޣައްޒާއަށް އިންސާނީ އެހީތެރިކަން ގެންދިޔުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށް ގްރީސުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ގްރީސްގެ ފޮރިން މިނިސްޓަރު ޖިއޮރގޯސް ޖެރަޕެޓްރިޓިސްއެވެ. ބުރާސްފަތި ދުވަހު އޭނާ ވިދާޅުވީ، ގްރީސްގެ ކަނޑުގެ ސަރަހައްދުގައި މިހާރު އޮތް، ޣައްޒާއަށް ދަތުރުކުރާ ބައިނަލްއަގްވާމީ ފްލޮޓިލާގެ ބޯޓުތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށެވެ. އަދި މި ފްލޮޓިލާގައި ގްރީސްގެ ރައްޔިތުން ބައިވެރިވެފައިވ...