މުޅި ރާއްޖެއަށް ހުދުސަމާލު، ކުރިއަށް އޮތީ މޫސުން ގޯސް ހަތަރު ދުވަސް
ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދުސަމާލު ނެރެފިއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދުސަމާލު ނެރެފިއެވެ.
ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ހާއްސަކޮށް ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. […]
މޫސުމީ ބަދަލުތަކާ އެކު، ތާރީޚުގައި ވެސް ރެކޯޑުކުރެވޭ އެންމެ ވަރުގަދަ އެލްނީނޯ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ ފަދަ ވަރުގަދަ އެލްނީނޯއެއް އުފެދި، އޭގެ އެންމެ މައްޗަށް ނުވަތަ ޕީކަށް ޑިސެމްބަރު 2026 ގައި ދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މެޓް އޮފީހުން ދާދިފަހުން ނެރުނު ރާއްޖޭގެ މޫސުމާ ބެހޭ އަދާހަމަ، އެލްނީނޯ ބުލެޓިން ގައެވެ. މެޓް އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 2026 ގައި މި އެލްނީނޯ […]
މިޑް އިންޑިއަން ރިޖަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 1245 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. މިއަދު އިންޑޮނޭޝިއާގެ ސުލަވެސީ ކައިރިއަށް، ޕެސިފިކް ރިންގް އޮފް ފަޔަރ ސަރަހައްދަށް ވެސް 5.7 މެގްނިޓިއުޑްގެ ފާހަގަކޮށްލެވޭ ބިންހެލުމެއް […]
ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ޗާގޯސް އާކިޕެލަގޯ ރީޖަން އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ ރާއްޖޭގެ އައްޑޫ ސިޓީ އާއި 833 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ބިންހެލުމުގެ މައުލޫމާތު ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ސަރަޙައްދަށް މެދުމިނުގެ ބ...
ހުޅަނގުމޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ. ވިއްސާވިލާ އަކީ ވިއްސާރަ ވިލާތަކުގެ ތެރެއިން ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއި ވިދުމުގެ އިތުރުން ވައިގަދަވުމުން އެކުލެވޭ، މޫސުން ވަރަށް ބޮޑަށް ގޯސްވާ ވަގުތުތަކުގައި އުފެދޭ ބޯ އަނދިރި ވިލާތަކެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް 3 ދުވަސް (11، 12، އަދި 13 ސެޕްޓެމްބަރު) ގައި ރާއްޖޭގެ ބޮޑުބަޔަކަށް...
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެއް ކަމަށްވާ “އެލް ނީނޯ” ގެ އަސަރުތަކާއެކު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން އާންމުކުރި މޫސުމީ މައުލޫމާތުތަކާއި ޗާޓުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް...
ފްލޯޓިން ބާއެއްގެ ގޮތުގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮންނަ ސާފާރީ މިއަދުގެ ގަދަ ވިއްސާރާގައި އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް ދައުރުވަމުން އަންނަ ”އެމްވީ ކްރައިސިސްގެ” ވީޑިއޯއިން އެ ސަފާރީ އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވާ މަންޒަރު ފެނެއެވެ. އަދި އެ އުޅަނދު ލައްވިތާ ކުޑަ ހިނދުކޮޅެއްތެރޭ ފުނޑުފުނޑުވަމުންދާ މަންޒަރު ފެނެއެވެ. ވީޑިއޯ އިން […...
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ބުނެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ސަމާލުތައް މިއަދު ވަނީ ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިވަގުތު އޮތީ ރީނދޫ ސަމާލު ނެރެފައެވެ. މީގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް އޮތީ ހުދު ސަމާލު ނެރެފައެވެ. ފަހުން މެޓް އޮފީހުން ވަނީ […]
ހުކުރު ދުވަހު (މާދަމާ) ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނެފައި ވަނީ ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ލޯޕްރެޝަރ ޓަރަފްއެއް އުފެދިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަކަމަށް މެޓުން ބުނެއެވެ. އެހެންވެ، ކުރިއަށް އޮތް ހުކުރު ދުވަހު، 31 […]
މެކްސިކޯގެ ޗިއަޕާސްގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.3 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އާ ހަވާލާދީ ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު (6.21 މޭލު) އަޑިއަށެވެ. ފުރަތަމަ މި ބިންހެލުމުގެ ބާރުމިން 7.4 ގައި ހުރިކަމަށް ރެކޯޑް ކުރެވުނު ނަމަވެސް، ފަހުން ވަނީ އެއީ 7.3 ގެ ބިންހެލުމެއް ކަމަށް އިސްލާހުކޮށްފައެވެ. އާންމުގޮތެއްގައި ތިލަ ސަރަހައްދުތަކަށް އަންނަ މިފަދަ ބާރުގަދަ ބިންހެލުންތަކުގެ...
ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އިން މިއަދު ބުނެފިއެވެ. އެމްއެމްއެސް އިން މިއަދު އާންމު ކުރި މައުލޫމާތެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައެއްނުވާކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު ބިން ހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަ...
ރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީންދޫ ސަމާލު ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 00:15 އިން ފެށިގެން ފަތިހު 04:15 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި […]
މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ވަނީ ވޭތުވި 24 ގަޑިއިރު އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރިކަން ފާހަގަކޮށްފައެވެ. މި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވައި ވަނީ އއ.ތޮއްޑޫ އަށް ކަމަށް މެޓުން ބުންޏެވެ....
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިރޭ އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ ކުރިއަށް އޮތް ފަސް ދުވަހު (މިމަހުގެ 9 އިން 13އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި […]