ޖޫން މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު: މެޓް
މިއަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. މެޓް އޮފީހުން މިކަން ހާމަކުރީ ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ މޫސުން ލަފާކުރާ ގޮތުގެ ރިޕޯޓު އާންމުކުރަމުންނެވެ. މެޓް އޮފީހުން ބުނި ގޮތުގައި، އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް މި ދުވަސްވަރު ވެހޭ […]