މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލްގެ ތެރޭގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާލައިނެއްގެ މުވައްޒަފުންތަކަކާއި ބިދޭސީއަކާ ދެމެދު ހިންގި މާރާމާރީގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހެނދުނު ހިންގި އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މަރާމާރީ ހިންގީ ރާއްޖެ އައި ފަތުރުވެރިއެއް ކަމެއް އަދި ބިޒްނަސް ވިސާގައ...

ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ
Raajje

ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ

ފުލުހުންގެ އިދާރާގެ ވަޒީފާތައް ދިވެހިންނަށް އިސްކަން ދެވޭ ގޮތަށް ދިނުމަށް ނިންމައިފި އެވެ. ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނައުމަށާއި އެ މީހުންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްޔެ އިއުލާންކޮށްފައި ވަނިކޮށް ފަހުން އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިއުލާން ބާތިލް ކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް ހެދުމުގެ ގޮތުން ކަމަށެވެ. […]

ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ
Raajje

ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ލޯގޯ ޕްރޮފައިލަށް ލައިގެން ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ”ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން އެއްވެސް މީހަކަށް ދިވެހި ފުލުހުންގެ ޚިދުމަތަކުން ނުގުޅާނެ” ފުލުހުން ބުނެފަވެއެވެ. އެހެންކަމުން މިގޮތަށް އަންނަ...

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދަށް 15 ދުވަސް ޖަހައިފި
Raajje

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދަށް 15 ދުވަސް ޖަހައިފި

ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ނިވާކަން ކުޑަވާ ގޮތަށް އަންހެން ހެދުން އަޅައިގެން މޭކަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ގެންދާ ނަބީލް މީގެކުރިން ވެސް ހައްޔަރު ކުރި ކުރިއެވެ. އަދި އޭނާއާ ދެކޮޅަށް އުފުލި ދައުވާއާ ގުޅިގެން ސެޕްޓެމްބަރު 2022 ގައި އެއް އަހަރަށް […]

ޑްރެޖަރުގައި އަނިޔާވި ބިދޭސީއަކު މަރުވެއްޖެ
Raajje

ޑްރެޖަރުގައި އަނިޔާވި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތެއްގައި އުޅެނިކޮށް އަނިޔާވި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ އިދާރާއަށް މިއަދު ހެނދުނު 10:38 ހާއިރު ރިޕޯޓް ކޮށްފައިވާކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮ...

އިންތިހާބީ މެމްބަރު މަމްދޫހް މަރާލަން ސިހުރު ހެދި ކަމަށް ބުނާ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

އިންތިހާބީ މެމްބަރު މަމްދޫހް މަރާލަން ސިހުރު ހެދި ކަމަށް ބުނާ މީހަކު ހައްޔަރުކޮށްފި

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ށ. ފުނަދޫ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހް (މަންޑޭ) މަރާލަން ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު ވާހަކަ އެއް ނުދައްކައެވެ. އެކަމަކު އެ ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ދެކުނުގެ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އިއްޔެގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް […]

އައްޑޫގައި ހިންގަމުން އަންނަ ސްޕާއަކުން 5 މީހުން ހައްޔަރުކޮށްފި
Raajje

އައްޑޫގައި ހިންގަމުން އަންނަ ސްޕާއަކުން 5 މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ސްޕާއަކުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އައްޑޫ ސިޓީގެ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެތަން ބަލައި ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑް ތިން އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މާލެ ހިމެނޭ ހެން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިންގާ ބައެއް މަސާޖު […...

ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވޭ!
Business

ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވޭ!

ޕޯސްޓް އޮފީސްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަން ފަށައިފިއެވެ. މި މެސެޖުތަކުގައި ބުނަނީ ޕޯސްޓުން ފޮނުވާ އެޑްރެސްގެ މައުލޫމާތު ނޭނގޭތީ، ޕެކޭޖް ފޮނުވޭނެ ގޮތް ނެތް ކަމަށެވެ. މި މެސެޖުތައް ފޮނުވަމުން ދަނީ ކެނެޑާގެ ނަމްބަރުތަކުންނެވެ. މި މެސެޖުގައި ބުނެފައި ވަނީ “މޯލްޑިވްސް ޕޯސްޓް” އިން ފޮނުއްވާފައިވާ ޕެކޭޖް އެ ގުދަނަށް ޕެކޭޖް އައިސްފައިވާ ކަމަށާއި އެޑްރެސްގެ މައުލޫމާތު ރަނގަޅުނުވެގެން ފޮނުވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ ރަނގަޅު މައުލޫމާތު އަލުން ފުރިހަމަ ކުރުމުން 24 ގަޑިއިތު […]

ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު 14:55 ހާއިރުކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔުގައި ފަރުވާދެނީ
Raajje

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔުގައި ފަރުވާދެނީ

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ރޭގައި ބުނިގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ މީހާއަކީ ރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށް ފުލުހުން ބުނެފަވެއެވެ. ”މި މީހާގެ އާ...

މިނިސްޓަރު އިހުސާނާއި ފުލުހުންގެ އޮފިސަރުންތަކެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަނީ
Raajje

މިނިސްޓަރު އިހުސާނާއި ފުލުހުންގެ އޮފިސަރުންތަކެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަނީ

ރާއްޖެ ގެނައި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެޖެންޑާކޮށްފި އެވެ. ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރު އިހުސާން އިރުޝާދުގެ ދަށުން ފުލުހުން ވަނީ ނޫސްވެރިންގެ […]

ވެހިކަލް ގަންނަން މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ބަލަނީ
Raajje

ވެހިކަލް ގަންނަން މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ބަލަނީ

މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އިން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް އެ އިދާރާއަށް މި މަހު ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގައި އިތުރު ބަޔަކަށް ގެއްލުން ލިބިފައިވޭތޯ ބަލަން އިއުލާނުކޮށް، އޭގެ […]

ކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ޚާއްސަ ޓީމެއް ރަސްދޫއަށް
Raajje

ކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ޚާއްސަ ޓީމެއް ރަސްދޫއަށް

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް ހިނގައްޖެއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފައި ވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް އެ ރަށަށް ގޮސްފައި ވާކަމަށެވެ. ރަސްދޫގައި މިކަން ހިނގާފައި ވަނީ  ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. […]

މާލޭގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލައިފި
Raajje

މާލޭގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލައިފި

މާލޭގެ މަގުމަތީގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހުގައި ރޭ ފިލައިފިއެވެ. ފުލުހުން މިއަދު ބުނީ ޒަހަމްވެފައި ވަނީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އެމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެކަން ހިނގާފައި ވަނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި އަންހެނަކަށެވެ. ސައިކަލުގައި ތިބި މީހުން މަޑުނުކޮށް ފިލާފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މާލޭގެ މަގުތަކުގައި […]